Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު ނަރުހުންނަށް ދޭނަން: މިނިސްޓަރ ނަސީމް

ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު ނަރުހުންނަށް ދޭނަން: މިނިސްޓަރ ނަސީމް

ސިޔާސަތު ކަނޑައެޅުމުގައި ނަރުހުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ކޮމިއުނިޓީ ނާރސް ވޮލަންޓިއާސްގެ ފަރާތުން ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާ އެކު އިންތިޒާމު ކުރި "ނާރސިންގ އިން ދަ މޯލްޑިވްސް ފޯރަމް"ނަމުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

‏މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނަރުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުރު މަސައްކަތްތައް ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ‏އެގޮތުން ނަރުހުންގެ ތަޢުލީމާއި، ތަމްރީނާ ގުޅޭ ކަންކަން ހަރުދަނާކުރުމާއި، ނަރުހުންނާ ގުޅުން ހުރި ޕޮލިސީ ލެވެލްގެ ކަންކަން ހަރުދަނާކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުުރުން މިދާއިރާއަށް ނުކުންނަ ދިވެހިންގެ ޢަދަދު މަދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ނަރުހުންކުރާ މަސައްކަތާ އަޅާބަލާއިރު ނަރުހުންގެ ސަލަމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނެތުމާއި އެކަށީގެންވާ އުޖޫރައެއް ނުލިބުން ކަމަށެވެ.

މިވަގުތު ރާއްޖޭގައި ނަރުހުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 2913 ނަރުހުން އެބަތިބި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް