ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި 3 މެމްބަރުން ހުވާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަލަށް ހުވާކުރި 3 މެންބަރުން

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި 3 މެމްބަރުން ހުވާކޮށްފި އެވެ.

Ads by STELCO

މާލޭ ކައުންސިލުގެ ބައި-އިލެކްޝަންގައި އަލަށް އިންތިހާބުކުރި ތިން މެމްބަރުން ހުވާކޮށްފައިވަނީ މިއަދު ހެނދުނު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މާލޭ ކައުންސިލުގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެމްބަރުކަމުގެ ހުވާކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ތިން މެމްބަރުންނެވެ. އެއީ،

  • ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގު ދާއިރާ
  • ފާތިމަތު އިޝާން އަލީ - މައްޗަންގޮޅި މެދު ދާއިރާ
  • އަލީ އައިމަން - ހުޅުމާލެ ދާއިރާ

ކައުންސިލަރަކަށް ޝައުފާ އިންތިހާބުވެފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވާދަކުރި މުހައްމަދު އަލީ ޖިނާދުއާ ވާދަކޮށް 269 ވޯޓު ހޯއްދަވައިގެންނެވެ. އިޝާން އިންތިހާބު ކާމިޔާބު ކުރެއްވީ ހައްވާ ޝިފާނާ އާ ވާދަކޮށް 315 ވޯޓާ އެކުގަ އެވެ. އަލީ އައިމަން ކައުންސިރަކަށް ހޮވި ވަޑައިގެންނެވީ 491 ވޯޓުންނެވެ.

މި ދާއިރާތަކަށް މެމްބަރުން އިންތިހާބު ކޮށްފައި ވަނީ އެ ދާއިރާތަކުން ސިޓީ ކައުންސިލަށް އިންތިހާބުކުރި ކައުންސިލަރުން ވިހިވަނަ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވުމާ އެކުގަ އެވެ.

ސިޓީ ކައުންސިލުގައި ހުޅުމާލެ ދާއިރާ ތަމްސީލު ކުރެއްވީ އިބްރާހިމް ޝުޖާއު އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރެއްގައި ގޮތުގައި އަހްމަދު ޒަމީރު ހުންނެވިއިރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރަކަށް ހުންނެވީ އަހްމަދު އައިފަން އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!