Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މިއަދު ދައްކަނީ ރައީސް ޔާމީންގެ "ޔޫ ޓާންގެ" ވާހަކަ

މިއަދު ދައްކަނީ ރައީސް ޔާމީންގެ "ޔޫ ޓާންގެ" ވާހަކަ
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދީ ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު އެކްސްގައި "ޔޫ ޓާން" ގެ ވާހަކަ ޕޯސްޓުކޮށްފި އެވެ. ރައީސް ޔާމީން މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ ފްރަންޓު އޮފީހުގެ ޖަލްސާތަކުގައި ސަރުކާރަށް ފާޑު ވިދާޅުވުމަށް އެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ. އެންމެ ފާހަގަކޮށްލެވެނީ ދިވެހި ސަރުކާރުން އިންޑިއާ އާއިއެކު ބާއްވާ ގާތް ގުޅުމަށް ތަކުރާރުކޮށް ފާޑު ވިދާޅުވާކަމެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި އިންޑިއާ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ނުފޫޒު ފޯރުވާކަމުގެ ވާހަކަތައް ހިފައިގެން ރައީސް މުއިއްޒު ކެމްޕެއިން ކުރައްވާފައި މިހާރު ތަކުރާރު ކުރައްވަނީ ހަމަ އެއް ކަމެކެވެ. އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި ތިބިކަމުގެ ތުހުމަތާއި އިންޑިއާ އާއިއެކު ސިއްރު އެއްބަސްވުންތަކެއް އަދިވެސް ހަދާފައިވާކަމުގެ ވާހަކަ ރައީސް ޔާމީން ގެންދަވަނީ ދައްކަވަމުންނެވެ. އިންޑިއާގެ އެކްޓާނަލް މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގަތުމާއެކު މި ވާހަކަތަކުގެ އަޑު ވަނީ ގަދަވާން ފަށާފައެވެ. މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކެއްގެ ވީޑިއޯއެއް ޕޯސްޓު ކުރައްވައި ރައްދު ދެއްވައިފަ އެވެ. ހުރިހާ ބޭފުޅުންވެސް ލިޔުއްވާފައިވަނީ ރައީސް "ޔޫ ޓާން" އެއް ނެންގެވީ ކަމަށެވެ. އެކްސްގައި ދައުރުކުރާ ވީޑިއޯގައި ރައީސް ޔާމީން ދައްކަވަނީ އިންޑިއާއިން ރާއްޖެއާއެކު ބާއްވަމުން ގެންދާ ގާތް ގުޅުމުގެ ވާހަކަ އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތަކާއި އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ލިބުނު ކުރިއެރުންތަކުގެ ވާހަކަ ރައީސް ޔާމީން ދައްކަވަ އެވެ. އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދު، ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަކީލްގެ އިތުރުން އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލްވެސް މި ވީޑިއޯ ހިއްސާ ކުރައްވައި ވިދާޅުވީ ރައީސް ޔާމީން ވިދާޅުވި ބަސް އަނބުރާ ނަންގަވައި އަނެއް ފަރާތަށް އެނބުރުނީ ކަމަށެވެ. އޭގެ އިތުރުން ޕީއެންސީގެ ބައެއް އާއްމު އެކްޓިވިސްޓުން ވެސް މި ވީޑިއޯ ވަނީ މީސްމީޑިއާގައި ޝެއަރކޮށް ދައުރުކުރަން ފަށާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް