ޚަބަރު

މަންމައަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

މަންމައަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. ގުރައިދޫ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް އިއްޔެ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައިވެ އެވެ.

"ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާކަމަށް ފެނެއެވެ. އެ ގޮތުން ހުށަހެޅިފައިވާ ބަޔާންތަކުން މީނާގެ މަންމައަށް އަނިޔާއެއް ދިން ކަމަށް ބެލެވެއެވެ." - ކޯޓު އަމުރު

ކޯޓު އަމުރުގައި ބުނީ އޭނާ ތަކުރާރުކޮށް އެ އަމަލު ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހެކި ބަސް ދޭން ހުރި, އޭނާގެ މަންމައަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަންމައަށް އަނިޔާކުރި މައްސަލައެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ހ.ގާޑަންބިއުޓީ، އިބްރާހިމް އިކްރާމް 8 މަހަށް ޖަލަށް ހުކުމްކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!