Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލެ ދުވާރު މަތިން ގޮނޑި މޭޒުތައް އެޗްޑީސީން ނަގަން ފަށައިފި

ހުޅުމާލެ ދުވާރު މަތިން ގޮނޑި މޭޒުތައް އެޗްޑީސީން ނަގަން ފަށައިފި

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި މޭޒު ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަސްމީކޮށް ފަށައިފި އެވެ. </span>

އެތަކެތި ނެގުމުގައި ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާ ފޮޓޯއެއް ހިއްސާކުރުމަށް ފަހު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެޗްޑީސީން ބުނީ އެ މަސައްކަތް ފެށީ މިއަދު ކަމަށެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ދުވާރު މައްޗާއި ހެޖު ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން އެކި ކަހަލަ ހިދުމަތް ދޭތީ އެކަން ހުއްޓައިލުމަށް އަންގައިފަ އެވެ. އަދި އެފަދަ ތަކެތި މަގުމަތިން ނެގުމަށްވެސް އެ ކޯޕަރޭޝަނުން އެންގި އެވެ. އެޗްޑީސީން  އެތަކެތި ނަގަން ދިން މުއްދަތު ހަމަވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

Advertisement
HDC — Sidebar (box)

ހުޅުމާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓުތަކުގެ ބޭރުގައި ދުވާރު މަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭކަން ފާހަގަކޮށްލެވެ އެވެ. ދުވާރު މައްޗާއި ހެޖު ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

އެޗްޑީސީން މީގެ ކުރިން ވަނީ ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުގައި ހުރި ކެފޭ ރެސްޓޯރެންޓު އަދި ގެސްޓު ހައުސްތަކުން ގޮނޑުދޮށު ވެލިގަނޑުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭތީ އެކަންވެސް ހުއްޓުވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް