Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވަރަށް ވައިގަދަ، ބްރިޖުން ދަތުކުރާއިރު ސަމާލުވޭ

ވަރަށް ވައިގަދަ، ބްރިޖުން ދަތުކުރާއިރު ސަމާލުވޭ

ސިނަމާލެ ބްރިޖް އަދި ހައިވޭއިން ދަތުރު ކުރާއިރު ސަމާލުވެ ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި، ފަސޭހައިން ހަލާކުވެ ވަޔާދާ ކޯޑު ފަދަ ތަކެތި ބޭނުންނުކުރުމާއި އަދި ހެލްމެޓް ވެސް ވަޔާ ނުދާނެހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެއް" ފުލުހުންގެ ޕޯސްޓުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން  ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ އާންމު ހާލަތައް އަންނަންދެން ބަރު އުޅަނދުތައް މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދުތައްވެސް ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި ނޫނީ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

https://twitter.com/PoliceMv/status/1823284800180060188

އެމްއެންޑީއެފުން ދަނީ ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައެވެ.

ހަމައެއާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ ލަފާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް