ޚަބަރު ސަރުކާރު

އެމެރިކާގެ އިސްވެރިއަކު ރާއްޖެއަށް ވަޑައިގަންނަވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އެމެރިކާގެ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އޯޝެންސް އެންޑް އިންޓަނޭޝަނަލް އެންވަޔަރަންމަންޓަލް އެންޑް ސައިންޓިފިކް އެފެއާޒް، ޖެނިފާ އާރު. ލިޓްލް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by Hajj Corporation

ޖެނިފާގެ މި ދަތުރުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. އެގާރަ ދުވަހުގެ މި ދަތުރު ފައްޓަވާނީ ލަންކާއިންނެވެ. އެ ގައުމަށް މާދަމާ ވަޑައިގަންނަވާއިރު، ސަރުކާރާ އަދި ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް އެމެރިކާގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. ނޭޗަ އަދި މެރިން ކޮންސަވޭޝަން، ޕްލާސްޓިކް އެންޑް އެއާޕޮލިއުޝަން، ކްލައިމެޓް ކްރައިސިސް، ސިވިލް އެންޑް ކޮމާޝަލް ސްޕޭސް އެކްޓިވިޓީސް، ޕްރޮމޯޓިން ވުމެން އެންޑް ގާލްސްއިން ސްޓެމްގެ އިތުރުން ސަސްޓެއިނަބަލް ބްލޫ އިކޮނޮމީ އާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެ އެވެ.

ބުދަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު، 8 ދުވަހުގެ އެ ދަތުރުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. އެގޮތުން ސައިންޓިފިކް ރިސާޗާއި ސްޕޭސް އެކްސްޕްލޮރޭޝަން، ކޮމްބެޓިން ވައިލްޑްލައިފް ޓްރެފިކިން އާ ގުޅޭ މަޝްވަރާތައް ބާއްވާނެ އެވެ. އިތުރަށް މަޝްވަރާ ކުރާނެ ކަންތައްތައްތަކުގެ ތެރޭގައި ގްރީން ޓެކްނޮލޮޖީ އާއި ކްލައިމެޓް ރެޒިލިއަންސް އަދި ކްލީން އެނަޖީ ޕްރޮޖެކްޓްސް ހިމެނެ އެވެ.

އެކަމަނާގެ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ ރާއްޖެއަށެވެ. ރާއްޖެއަށް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރުގައި ސަރުކާރާ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކްލައިމެޓް ރެޒިލިއަންސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަނާއި މެރިން އަދި ވައިލްޑްލައިފްގެ ކަންކަމާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސްވެރިއަކު ރާއްޖެ ވަޑައިގަންނަވާއިރު މިދިޔަ ޖުލައި މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެގައުމަށް ދަތުރު ކުރައްވާފަ އެވެ. އެ ދަތުރުގެ ތެރެއިން ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. ސައީދުގެ އެ ދަތުރުގެ ކުރިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!