ޚަބަރު އިޖުތިމާޢީ

ސަން ސިޔާމް ކެއާގެ ފަރާތުން ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެހީގެ ދަށުން ބ. ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާ ރާއްޖެއިން ބޭރުން ބޭސްފަރުވާގެ މާލީ އެހީތެރިކަން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވަނީ އެކަން 'ދެން އޮންލައިން' އަށް ޔަގީންކޮށްދީފަ އެވެ. ޒަރީރު ވިދާޅުވީ އެކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިދިޔަ ބުރާސްފަތި ދުވަހުގައި ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 564 ވަރަކަށް ރައްޔިތުން އުޅޭ އެރަށަށް އެފަދަ އެހީއެއް ސަން ސިޔާމްގެ ފަރާތުން ނިންމުމުން ރައްޔިތުން އެކަމާ ޝުކުރުވެރިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

"ކައުންސިލުން މިހާރު އިއުލާން ކޮށްގެން، އެ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުންގެ ފޯމު ބައްލަވާފައި ފޮނުއްވާނީ ސަން ސިޔާމް ކެއާ އަށް" ޒަރީރު ވިދާޅުވި އެވެ. އެހީ ހަމަޖެހިގެންދާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.

ކަމަދޫ އަކީ ސަގާފީ ކަންކަމުގައި ނަގާ ކިޔާ އެއް ރަށެވެ. ހާއްސަކޮށް އީދު ކުޅިވަރުތަކަށް ވަރަށް މަޝްހޫރު ރަށެކެވެ.

Ads by HDC
  1. މަރްޔަމް

    ކޮންއިރަކުންތަ ކައިވެނިއޮތީ