Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަނީލޯންޑަރިންއާ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތު ޑރ އަލީ ލަތީފަށް

މަނީލޯންޑަރިންއާ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތު  ޑރ އަލީ ލަތީފަށް

ޓެކުހަށް މަކަރު ހެދުމާއި މަނީލޯންޑާ ކުރިކަމުގެ ތުހުމަތުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރި ޑރ އަލީ ލަތީފްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސާވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އަލީ ލަތީފް ހިމެނޭހެން އައިޖީއެމްއެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން މިއަދު ވަނީ ހުށަހަޅާފަ އެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އަލީ ލަތީފް އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސްއިން މަނީލޯންޑަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، ވަކި މައްސަލައެއްގެ ގޮތުގައި އޭނާ އަދި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި އަލީ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި އަލީ ލަތީފު އަދި ޑރ މިލްޒާ އަބްދުލްމުހްސިނާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލު ކަމަށް ގެނެސް އަދި އެ ދެ ފަރާތާ މެދު ފިޔަވަޅެއް އަޅަން ޖެހޭ ކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުމަށް، އެކަން ހިއްސާކުރެއްވުމަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް