Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސްއާއެކު މިނިސްޓަރު ސައީދު މަޝްވަރާކުރައްވައިފި

ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސްއާއެކު މިނިސްޓަރު ސައީދު މަޝްވަރާކުރައްވައިފި
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސް ސުޒާން ކެރީރާއާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު މަޝްވަރާކުރައްވައިފި އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ ފޮޓޯތައް މިނިސްޓަރު ސައީދު ވަނީ ދެންމެ އޭނާގެ ރަސްމީ އެކްސް އެކައުންޓުން ޕޯސްޓްކޮށްފަ އެވެ. ސައީދު ވިދާޅުވީ މަޝްވަރާ ކުރެއްވީ ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނެވެ. "ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ރާއްޖޭގެ އީ-ކޮމާސްއަށް އެހީތެރިވުމުގެ ގޮތުން ޕޭޕަލްގެ ޕްރެޒިޑެންޓް ފޮރ ގްލޯބަލް މާކެޓިން އާ އެކު މުހިންމު މަޝްވަރާއެއް ކުރެއްވި،" އިނގިރޭސި ބަހުން ސައީދު ލިޔުއްވާފައިވާ ޕޯސްޓްގައިވެ އެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.
ގަވާއިދުން ޚިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލް އަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ. ޕޭޕަލް އާއި އެހެން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް