Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ދާއިރާތަކުން އުނގެނުމަށް އިލްތިމާސްކޮށްފި

ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ދާއިރާތަކުން އުނގެނުމަށް އިލްތިމާސްކޮށްފި
ލާމަރުކަޒީ ނިޒާމާއި ގުޅުންހުރި ދާއިރާތަކުން ޑިގްރީތައް ހާސިލްކުރަން އިސްކަން ދިނުމަށް ސިޓީސް, ލޯކަލް ގަވަމަންޓް އެންޑް ފަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސް ކުރައްވައިފި އެވެ. މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ ރޭ ބޭއްވި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ އާބަން ޑިވަލޮޕްމަންޓްގެ ތަފާތު ހުނަރުތަކަށާއި އާބަން ޑިވަލޮޕްމަންޓް ތަރައްގީކުރުމަށް ބޭނުންވާނެ ތަފާތު އިންޖިނިއަރިންގެ ދާއިރާތަކާއި އެ ދާއިރާގެ އެކި ހުނަރުތައް އެ ދާއިރާއަށް ބޭނުންވާނެ އިލްމީ އެކި ވަސީލަތްތަކުން އުނގެނި ދަސްކުރުމަކީ ރާއްޖޭގެ މުަސްތަގުބަލު ބިނާކުރުމުގައި ކުރެވިދާނެ މުހިއްމު ކަމެއް ކަމަށެވެ.
"ވަރަށް ބޮޑު އިލްތިމާސްއެއް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ކުރިއަށް އޮތްތަނުގައި ތިޔަބޭފުޅުން އަދި ތިޔަ ހުރިހާ ކުދިންވެސް އިލްމު އުނގެނުމަށް އިހުތިޔާރުކުރާއިރުގައި ލާމަރުކަޒީ ނިޒާމުގެ އެކި ޑިގްރީތައް ހާސިލްކުރުމަށް ތިޔަ ކުދިން އަދި ތިޔަ ބެލެނިވެރިން އިސްކަން ދެއްވުން"
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ދަރިވަރުން ހޯދާ ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ ދަރިވަރުންނަށް މައިންބަފައިން ދޭ ލޯތްބާއި އަޅާލުމާ އެހީތެރިކަމެވެ. އެ ސްކޫލުން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މި އަހަރު އެ ސްކޫލަށް ވަނުމަށް ހުޅުވާލި ކުރު މުއްދަތުގެ ތެރޭގައި 800 އަށް ވުރެ ގިނަ ދަރިވަރުން އެދުނު ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލަކ ދިވެހިރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވާ ކުދިންނަށް ވަރަށް ރަނގަޅު ޗޮއިސްއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން"
އާދަމް ޝަރީފް ވިދާޅުވީ މިއަދު ތައްޔާރުވާން ޖެހިފައިވަނީ ގޮތް ނޭނގޭ ދުނިޔެ އެއްގައި ދިރިއުޅެން ކަމަށާއި މިއަދު ރާއްޖޭގައި ތަންފީޒުކުރެވެމުންދާ މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ދިވެހި ދަރިވަރުން ތައްޔާރުވާން ޖެހެނީ "ގޮތް ނޭނގޭ ދުނިޔެއަކަށް ދިރިއުޅުމަށް ދަސްކުރުން" ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ހަމައެކަނި ޓެސްޓުތަކަކުން ފާސްވެގެން ލިބޭ ނަތީޖާއަކުން އިންސާނަކު ދިރިއުޅުމަށް މިއަދު ބޭނުންވާ ހުރިހާ ހުނަރުތަކެއް މުޅިއަކުން ނުލިބޭނެ ކަމަށެވެ. އަދި އެ މާއްދާތައް ކިތަންމެ މުހިއްމު ކަމުގައި ވިޔަސް އިންސާނުން އުފެދިފައި ހުންނަ ގޮތުން ކޮންމެ އިންސާނަކުވެސް އެންމެ ޝައުގުވެރިކަން ހުންނަ ކަންތައްތައް ކުރުމުގެ ދާއިރާ އޮންނަނީ ވަރަށް ފުޅާކޮށް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް