ޚަބަރު ސިޔާސީ

ޔާމީންގެ ވެރިކަމުގައި މުލިއާގެއަށް ދަނީ ޕެނަޑޯލް ބަންދު ކުރަން: ފަލާހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލިއާގެއަށް ވަޑައިގަންނަވަނީ ބާ ހެދުމުގައި ޕެނަޑޯލާއި އައްޑޫ ބޮނޑި ބަންދު ކުރަންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ޔާމީނަށް ފާޑު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮންގްރެސް ޕާޓިގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅުގައި ތިއްބަވައި ކުރީގައި ވެރިކަން ކުރެއްވި ފަރާތްތަކާއި ވަޒީރުކަން ކުރެއްވި ބޭފުޅުން ސަރުކާރު ހިންގަންވީ ގޮތް މިއަދު ކިޔައިދޭތީ ކަންބޮޑުވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މުލިއާގެއަށް ގެންދަވަނީ ޕެނަޑޯލް އާއި އައްޑޫ ބޮނޑި ބަންދު ކުރުވަން ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެއީ އޭރުގެ ވެރިންގެ ވައްތަރު. ބައެއް ފަހަރަށް އަންހެނުން އަހާލާނެ ކޮންތާކަށްހޭ ތިޔަ ދަނީ. މުލިއާގެއަށޭ ބުނީމަ ބުނާނެ ބަލަ ބާ އެއްޗެހީގަހޭ ތިޔަ ދަނީ. ބޮޑެތި ސިންގާ މަސައްކަތަށް ދަންޏާ ދާން ޖެހޭނީ މަސައްކަތު ހެދުމުގަ ނޫންތޯ"

މުލިއާގެއަށްގޮސް އޭރުގައި ވަޅުދިޔަ ހިއްކާފައި ހުންނާނެކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު މުލިއާގެއިން ކޯލެއްވެސް ނުލިބޭ ކަމަށާއި ބައެއް ފަހަރު އެކަމާ ދެރަވާކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

ޔާމީނަށް އިތުރަށް ފާޑު ވިދާޅުވަމުން ފަލާހު ވިދާޅުވީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެތައް ބަޔަކު ޖަލަށް ލަމުން ދާތީ ކެތް ނުވެގެން ނެރުނު އަމުރެއް ކަމަށެވެ. ހުދު ޔާމީންގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނު އަބްދުލް ގައްޔޫމުވެސް އޭރު ހުންނެވީ ޖަލަށް ލާފައިކަން ފަލާހު ހަނދާނަށް ގެންނެވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓު ކުޑަކުރުމުން ފަހުން އެކަން ބާތިލުކުރަން ނެރުނު ނޯޓިސްއާއި ގުޅިގެން ފަލާހު ވިދާޅުވީ ބޭންކުން ކުރި ކަމަކީ ސީދާ މާލީ ބަގާވާތެއް ގެނައުމަށް ކުރި މަސައްކަތެއް ކަމަށެވެ. އިއްޔެގެ ޑޮލަރު އުސޫލަށް ގެނައި ބަދަލަކީ ރައީސް މުއިއްޒު އެގޮތަށް ކަން ނުކުރެއްވުމަށް އިރުޝާދު ދެއްވާފައިވަނިކޮށް ކުރި ކަމެއްކަމަށް ވިދާޅުވި އެވެ.

"ވަގުތުން އެގޮވާލީ ނޫންތޯ މަގުތަކަށް ޖަމާވާން. މުލިއާގެއަށް ޖަމާވާން. ބޭންކުތަކުގެ ކުރިމައްޗަށް ޖަމާވާން. ސަރުކާރު ވައްޓާލަން. ހަގީގަތުގަ އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިސް ރިސެސްގަ އޮތްނަމަވެސް ވަގުތުން ޖަލްސާ ބޭއްވޭވަރަށް މާލޭގަ ތިބޭނެ މެމްބަރުން."

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިގްތިސޯދީ ވަޒީރުކަން ކުރެއްވި ފައްޔާޒު އިސްމާއީލަށްވެސް ފަލާހު ފާޑުވިދާޅުވި އެވެ. އެގޮތުން 2018 ވަނަ އަހަރު ވަޒީރަކަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަމިއްލަ ވިޔަފާރި ކުރެއްވިއިރު ފައްޔާޒުގެ ބެލުމުގެ ދަށުގައި އެތައް ކުންފުންޏެއް ބަނގުރޫޓު ހާލަތަށް ދިޔަކަމަށް ފަލާހު ވިދާޅުވި އެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެން ސީދާ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން ދިޔަ ދައުލަތުގެ ކުންފުނިތައްވެސް ބަނގުރޫޓު ކޮށްލާފައިވާކަމަށް ވިދާޅުވި އެވެ. ބަނގުރޫޓު ކޮށްލީ އެކުންފުނިތަކުން ބޮޑެތި ވައްކަންތައް ކޮށްގެން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"އެހެންމަ މިހާރު އެބޭފުޅުން އެ ގަސްތު ކުރައްވަނީ މި ސަރުކާރަށް ލޮޅުން އަރުވާލާފަ އެބޭފުޅުން ކުރެއްވި ވަންކަންތަކުން ސަލާމަތްވެވަޑައިގަންނަވަން"

އެހެންނަމަވެސް އެމައްސަލަތައް އޭސީސީން މިހާރު ބަލަމުން ގެންދާ ކަމަށާއި ތަހުގީގުތައް ކުރިއަށް ގެންދާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި މި ވައްކަންތަކުން ސަލާމަތް ނުވެވޭނެ ކަމަށާއި ވައްކަމުގެ ހުރިހާ މައްސަލަތަކެއް ބަލާނެ ކަަމަށްވެސް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީން މިހާރު ތައްޔާރުވާންވީ މިސަރުކާރުން ދަސްކޮށްގެން 2033 ވަނަ އަހަރު ވެރިކަމަށް އައުމަށް ކަމަށެވެ. 2028 ވަނަ އަހަރު ދެން އެންމެ އަވަހަށް އޮންނަ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް މުއިއްޒު ކަމަށާއި ފުރަތަމަ ފަހަރަށް ދެދައުރެއްގައި ވެރިކަން ކުރައްވާ ރައީސަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނުކަމަށް ފަލާހު ވިދާޅުވި އެވެ.

  1. ރައީސް މީހާ ހެލްތް ޗެކަޕް ހަދަން ސިންގަޕޯރ އަށް ދިއުމުން އެނގިގެންދާ އެއްޗަކީ މިސަރުކާރުން ވެސް ޚުދު ޤަބޫލުކުރީއޭ ރާއްޖޭގެ ސިއްޚީ ނިޒާމް އަކީ ފެއިލްވެފައިވާ ނިޒާމެއް ކަން ޓްރީޓޮޕް އަދި އައިޖީއެމްއެޗް ހުއްޓާ ދައުލަތުގެ ބަޖެޓުން ބިޒްނެސް ކްލާސް ގައި ޓިކެޓް ނަގައިގެން އެތައް ސަަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެންމެ އަގުބޮޑު ގައުމު ކަމަށްވާ ސިންގަޕޯރ އަށް މެޑިކަލް ޗެކަޕް ހަދަން ދިއުން ބަލައިނުގަަނެވޭނެއޭ ރައީސް ޔާމީން އެހުންނެވީ ހަމަމާލޭގައި އަދިވެސް ބޭރުން ބޭސްފަރުވާ ނުކުރެއޭ މުއިއްޒު ގައިގައި އިޚްލާސްތެރި ކަމުގެ ކަންފުޅެއް ވެސް ނެތޭ ވެރިކަމަށް އައީވެސް މަކަރާއި ހީލަތުން ވައްކަން ކޮށްގެންނޭ ވެރިކަން ކުރަނީވެސް ދައުލަތުގެ ޚަޒާނާ ލޫޓުވައިގެންނޭ މުއިއްޒު އަކީ މިރާއްޖޭގައި ވެރިކަން ކުރާ ވެރިންގެ ތެރޭން ރައްޔިތުން އެއްވެސް އިތުބާރެއް ނުކުރާ ހަމަ އެކަނި ރައީސް މުއިއްޒު ދެން ކީކޭ ބުނާނީދޯ

  2. ޙުސައިން

    އޭރު އެތައް ބަޔަކު ހައްޔަރުކުރަމުން ދިޔައިރު، އަތްޖަހަމުން، އެކަން ދިފާއު ކުރަމުން ދިޔައީ ކޮން ބައެއްތޯ؟ މި މީހުންގެ ލަދުހަޔާތެއް ނެތްކަން މިކަމުން އެނގިގެންދަނީ