ވިޔަފާރި

ހަތަރު ގައުމަކުން ލައްކައަކަށްވުރެ ވުރެ ގިނަ ފަތުރުވެރިން، ލިސްޓުގެ ހަ ވަނަ އިންޑިއާ އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި/ ފޮޓޯ: ދެން

މި އަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.34 މިލިޔަން ހުރަސްކޮށްފި އެވެ.

Ads by Sosun Fihaara

ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާލާއިރު, އަދިވެސް މާކެޓްގެ އެންމެ ކުރީގައި އޮތީ ޗައިނާ އެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ވަނީ ގާތްކޮށްފަ އެވެ.

ކޮންމެ ދުވަހަކު ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރަމުން އަންނަ ތަފާސް ހިސާބަށް ބަލާލާއިރު, އޮގަސްޓު މަހުގެ އެއްވަނަ ދުވަަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 160،854 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންނާ އަޅަބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.

ވަކިވަކި ގައުމުތަކަށް ބަލާލާއިރު, ލިސްޓުގެ އެންމެ ކުރީގައި އޮތް ޗައިނާއިން ރާއްޖެއަށް 192,385 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އޮތީ މިއަހަރުގެ ލިސްޓުގެ ހަ ވަނައިގަ އެވެ. އެގައުމުން ރާއްޖެއަށް އައިސްފައިވަނީ 80,365 ފަތުރުވެރިންނެވެ.

ރަޝިއާ, އިނގިރޭސި ވިލާތް އަދި އިޓަލީން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ލައްކައަަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ފަސް ވަނައިގައި އޮތް ޖަރުމުން ޒިޔާރަތް ކުރީ 95,763 ފަތުރުވެރިންނެވެ.

ހުސްވި އަހަރުގެ އޯގަސްޓު މަހުގެ 27 އާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ މި އަހަރު އައި ފަތުރުވެރިންގެ އަދަދު 10.4 އިންސައްތަ އިތުރުވެފައިވެ އެވެ.

މި އަހަރަށް ސަރުކާރުން ކަނޑައަޅާާފައިވާ އަމާޒަކީ ޖުމްލަ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!