Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އެއާޕޯޓުން ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުން ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

ރާއްޖޭން ބޭރަށް ފުރަންގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި މީހެއްގެ އަތުން ދެ ޕެކެޓް މަސްތުވާތަކެތި ފެނިފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފި އެވެ.

އޭވިއޭޝަން ކޮމާންޑުގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މަސްތުވާތަކެތި ފެނިފައި ވަނީ މިއަދު 3:45 ގައި ފުރަން ހަމަޖެހިފައިވާ އިންޑިގޯ E6 1132 އިން ދަތުރުކުރަން ގޮސް ހުރި ފަސިންޖަރެއްގެ އަތުން ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ޕެކެޓް ފެނިފައި ވަނީ އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުން އޭނާ ބަލާ ފާސްކުރުމުގެ ތެރޭގަ އެވެ.

Advertisement
Allied Insurance — Square (box)

އެ ކޮމާންޑުން ބުނި ގޮތުގައި ފަސިންޖަރު މިހާރު ވަނީ ކަމާ ބެހޭ ފަރާތާ ހަވާލުކޮށްފަ އެވެ. ހައްޔަރުކޮށްފައިވަނީ ދިވެއްސެއް ކަމެއް ބިދޭސީއެއްކަމެއް އަދި ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް