ޚަބަރު

ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން އިންޑިއާ އަކުން ޗައިނާ އަކުން އަންނާކަށް ނުޖެހޭ: ތަޖޫ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރާށޭ ކިޔާ އިންޑިއާ ޗައިނާ އަދި އިނގިރޭސިވިލާތަކުން ނުވަތަ އެމެރިކާ އަކުން އަންނާކަށް ނުުޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަދި ކުރީގެ ސިފައިންގެ ބޭކަލެއް ކަމުގައިވާ އަހްމަދު ޝާޒް (ތަޖޫބެ) ބުނެފިއެވެ.

Ads by STELCO

މިއަދު ޝާޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރާނީ ގައުމީ ލޯބި ހިތުގައި އޮންނަ ދިވެހި ލޭ ހިނގާ ދިވެހި ދަރިން ކަމުގައެވެ. އަދި މިކަން ސާފު ވެއްޖެތޯ ޝާޒް ވަނީ އޭނާގެ ޓްވީޓުގައި ސުވާލު ކުރައްވާފައެވެ. ރުޅިއައިސްފައިވާކަން ދައްކުވައިދޭ "އެންގްރީ" އެމޯޖީ ޝާޒްގެ މި ޓްވީޓްގައި ބޭނުން ކޮށްފައި ހުރުމުން އެހެން ގައުމުތަކުގެ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިމާޔަތް ކުރާށޭ ކިޔާ އައުމުން ޝާޒް ހިތްހަމަ ނުޖެހިފައިވާ ކަން ހާމަވެއެވެ.

ޝާޒް މިހެން ބުނެފައި މިވަނީ ހދ. ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ މިއަދު އައިސްފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވަނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންކަން ފާހަގަ ކުރެވެއެވެ.

Ads by Ooredoo
  1. ރުޅި މަޑު ފާޅުގަ ބުނަންވީ ފައިބާށޭވެސް

  2. ޮލލް . އެހެންވެތަ 3 ނޮވެމްބަރުގަ އެހީއަށްއެދެންޖެހުނީ؟!