ޚަބަރު ސިޔާސީ

ޔާމީނު ވިދާޅުވަނީ މިސަރުކާރުން އެމަނިކުފާނާ ދޭތެރޭ ކަންތައް ކުރަނީ އެމްޑީޕީން ވެސް ނުކުރާހާ ގޯސްކޮށް ކަމަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އެމަނިކުފާނާ މެދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންތައް ކުރެއްވި ގޮތަށްވުރެ ވެސް ގޯސްކޮށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުރުހުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ތެރޭގައި ޕީއެންސީ/ޕީޕީއެމް ލީޑާޝީޕާ މައްސަލަ ޖެހި ފެއަށް ޖެހިވަޑައިގެން ޔާމީން ގެންދަވަނީ ރައީސް މުއިއްޒު އަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވަމުންނެވެ. ސަރުކާރުގެ މަތީފަޑިން ގެންދަވަނީ އެކި ޕްލެޓް ފޯމްތަކުގައި ޔާމީނު ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އަކީ އެމަނިކުފާނުއާ ދޭތެރޭގައި އިހުސާންތެރިވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު، އިހުސާންތެރިވެ ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންވެސް ގަބޫލުނުކުރަން ޔާމީން އެދިވަޑައިގެންނެވި އެވެ.

ހަމަ އެމްޑީޕީ، އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުގައި އޮތް ގޮތައްވުރެން އިތުރަށް ގޯސްކޮށް މިކަން ކުރައްވަނީ (ރައީސް މުއިއްޒު)، ހަމަ އިތުރަށް ގޯސްކޮށް

އެމަނިކުފާނާ އެކު ރައްޔިތުން ކައިރިއަށް ގޮސް މަސައްކަތްކުރި މީހުން މިހާރު ކޮބައިތޯ ކަމަށް ވިދާޅުވެ ޔާމީން ސުވާލު އުފެއްދެވި އެެވެ.

"އެމީހުންގެ އަނގައިގަ ފުޅަ އެޅީތޯ. ކީއްވެގެންތޯ އަނގަ ހުޅުވާލަން ނުކެރިގެން އެ އުޅެނީ." ސަރުކާރުގެ ވެރިންނަށް ބަހުގެ ހަމަލާތައް ފޮނުއްވި އެވެ.

މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވިއިރު އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގި އިންޑިއާ އައުޓް ކެމްޕޭނަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ ސަރުކާރަށް ނިސްބަތްވެވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕޯޑިއަމްތަކުގައި ދޮގު ވާހަކަތައް ދައްކަވަމުންދާ ކަމަށެވެ.

ޔާމީން އެ އިޝާރާތް ކުރައްވަނީ އިންޑިއާ އައުޓް ކެމްޕޭނުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވީ ހިތާ ދެކޮޅަށް ކަމަށް ޕީއެންސީގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ދެއްކެވި ވާހަކައަށެވެ.

ހުސެންބެ ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒު އިންޑިއާއާ ދެކޮޅަށް އަޑު އުފުލީ ޔާމީނަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ.

"އެކަމަކު އަލް ޖަޒީރާ އަށް ދިން އިންޓަވިއުގައި ތިމަންނައޭ ޗެމްޕިއަން އޮފް އިންޑިއާ އައުޓްއަކީ" އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އަލްޖަޒީރާ އަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުގައި ދެއްކި ވާހަކަ އަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވާ ގޮތުގައި މި ސަރުކާރުން މިހާރު އިންޑިއާ ބާއްވަމުން ދަނީ ވަރަށް ގާތް ގުޅުމެވެ. އެ ގުޅުމުގެ ތެރެއިން ނުވަަަތަ އިންޑިއާއާ ރައީސް މުއިއްޒަށް ދުރަށްވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގައުމުގެ ކަރާމާތް ދަމަހައްޓާ ކަމަށްވަނާމަ، ކޮންޕަރެމައިޒް ނުވާނެ މީހަކު ވެރިކަމަށް އަންނަ ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެން ނޫނީ ޔާމީން ވިދާޅުވި ގޮތުންނަމަ ގައުމުގައި ހަމަޖެހުމެއް ނޯއްނާނެ އެވެ.

Ads by HDC
  1. އިއްބަޑޭ

    ފުޅަ އެޅީ ބޮޑާބެގެ އަނގައިގަ.

  2. ކޮޔާ

    މީނާ ޖަލައްލީވެސް މުޢިއްޒުތާ