ޚަބަރު އިޖުތިމާޢީ

މިދިޔަ މަހުގައި ކުރި ވިއްސާރައިގާ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ހުސްވި އޮގަސްޓު މަހު ރާއްޖެއަށް ކުރި ވިއްސާރައިގާ ރަށްރަަށަށް އެއް ލައްކަ އަށްވުރެ ގިނަ ރުފިިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ލަފާކޮށްފި އެެވެ.

Ads by Sosun Fihaara

އެންޑީއެމްއޭ އިން ބުނީ މިދިޔަ މަހުގެ 8 ގެ ނިޔަލަށް ކުރި ވިއްސާރާގައި އެމަހުގެ ނިޔަލަށް 10 ރަށެއްގެ 89 ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ވިއްސާރައިގެ ސަބަބުން އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 1،084،169 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވަޒަން ކުރެވިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ގެއްލުން ލިބިފައިވަނީ ހއ.ހޯރަފުށި، ހއ.އުލިގަމު، ހއ.އިހަވަންދޫ، ހއ.ކެލާ، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، އއ.އުކުޅަސް، ސ.ހިތަދޫ، ސ.ފޭދޫ އަދި މާލޭގެ ގެތަކަކަށް ކަމަށެވެ.

އެ ރަށްރަށާއި އެކު މާލޭގެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު ރ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވާއިރު، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރޭ ދަންވަރު މެޓް އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް މި ދެ ދުވަހު މޫސުން ގޯހެވެ.

Ads by HDC
  1. ބޯހަލާކު

    އެ ގެއްލުން ފޫބެއްދީ ހޫނު ގަދައޭ ކިޔާފަ ރައްޔިތުމީހާގެ ކަރަންޓު ބިލުން…..