ޚަބަރު ސަރުކާރު

ނޫސްވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު މޫސައަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ފުންނާބު ނޫސްވެރިންގެ ތެރޭގައި ހިމެނޭ މޫސާ ލަތީފަށް ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު ދީފި އެވެ.

Ads by STELCO

މިއަދު ދަރުބާރުގެ ގޭގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި އެ ޝަރަފު މޫސާ ލަތީފަށް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މޫސަ, ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަންނެވީ 1980 ވަނަ އަހަރު އެވެ. ހަވީރު ނޫހުގެ އިތުރުން މިހާރު ނޫހުގައިވެސް މޫސަ މަސައްކަތްކުރައްވާފައިވެ އެވެ.

"މިހާރު" ނޫހުގެ އެޑިޓަރުކަންވެސް ކުރެއްވި މޫސާ މިހާރު މަސައްކަތް ކުރައްވަނީ 'ދައުރު އޮންލައިން'ގެ ޗީފް އެޑިޓަރުގެ މަގާމުގަ އެވެ.

ނޫސްވެރިކަމުގެ ދާއިރާއިން 2001 ވަނަ އަހަރުގައި ހިތްވަރު ދިނުމުގެ އިނާމާ ނޫސްވެރިކަމުގެ 50 ވަނަ އަހަރުގެ "ރިހި ގަލަން" އަދި "އަލިމަސް ޔޫބިލް" ގެ އެވޯޑްވެސް މޫސަ އަށް ލިބިވަޑައިގެންފައިވެ އެވެ.

މޫސަ ތައުލީމް ހާސިލުކުރީ މެލޭޝިއާގެ ލިމްކޮކް ވިން ޔުނިވާސިޓީން މާސް ކޮމިޔުނިކޭޝަންގެ ދާއިރާއިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!