ޚަބަރު ސަރުކާރު

ބާރާއި ނުފޫޒަކީ އެ ތަނެއްގެ ވަސީލަތްތަކަށް ބާރުފޯރުވޭ ބަޔަކަށް އޮންނަ އެއްޗެއް: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ތަނެއްގެ ބާރާއި ނުފޫޒު އޮންނާނީ އެ ތަނެއްގެ މުއްސަނދިކަން ނުވަތަ ވަސީލަތްތައް އެ ބައެއްގެ އަތުގައި އޮންނަ ބަޔަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންސާނުން އެމީހުން ދިރިއުޅޭ ފަސްގަނޑަށް ވަފާތެރިވެ، ފަސްގަނޑު ދިފާއުކޮށް، އެ ފަސްގަނޑަށް ފުރާނަ ދެނީ ކީއްވެކަން އިލްމީ ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ކަމަށެވެ.

"އިންސާނާ، އޭނާގެ ފަސްގަނޑަށްޓަަކައި ފުރާނަ ދެނީ، އެ ފަސްގަނޑުން އޭނާގެ ފުރާނަ ސަލާމަތްކޮށްދެންޏާ. އޭނާ ދިރިއުޅޭ ފަސްގަނޑުން އޭނާގެ ބަނޑުފުރާނަ މުއްތިކުރެވެންޏާ،" ރައީސް ވިދާޅުވި އެވެ.

އެ ސަބަބަށް ޓަކައި އެ ފަސްގަނޑުގެ ދިފާއުގައި އޭނާ ހޭލާ ހުންނަ ކަމަށެވެ. ދިވެހިންގެ މަސްކަނޑުތައް ޒަމާނުއްސުރެ ސަލާމަތްކުރާ ސިއްރަކީ ދިވެހިން ބަނޑުފުރާނަ މުއްތިކުރާ މައި ރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުގު ކަމަށްވާތީ ކަމަށެވެ. ވިދާޅުވީ "އެ ކަނޑުތަކުގެ މައްޗަށް ދިވެހިންގެ ބާރު ގެއްލިއްޖެ ނަމަ، އެއީ ހައިހޫނުކަމުގެ ފެށުންކަން ދިވެހިން ދަތް،" ކަމަށެވެ.

އެހެންކަމުން ގައުމަށް ވަފާތެރި ދަރިން ބިނާކުރުމަށް މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭ ކަމަށެވެ. ދިވެހިންގެ ފަސް ހިއްސު ދިވެހި މަސްކަނޑާއި އިހުޒަމާނުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތް ޖީލުތަކަށް ގުޅުވާލަން ޖެހޭ ކަމަށެވެ. މަސައްކަތްތެރިކަން ބިނާވެފައި ވަނީ ވަޒަންވެރިވުމުގެ މައްޗަށް ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި އަންނަން އޮތް ޖީލުތަކަކީ މި ބިމަށް ވަޒަންވެރި ބަޔަކަށް ހެދުން މުހިންމު ކަމުގަ އެވެ.

"ތަނެއްގެ ބާރާއި ނުފޫޒު އަބަދުވެސް އޮންނާނީ އެ ތަނެއްގެ މުއްސަނދިކަން ނުވަތަ ރިސޯސްތައް އެ ބައެއްގެ އަތުގައި އޮތް ބަޔަކަށް. ރިސޯސްތައް އަތްމައްޗަށް އަރާނީ މަސައްކަތްތެރި ކަމާއި ހުނަރުވެރިކަމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ރާއްޖެއަކީ މި ގައުމުގައި ބަޔަކު ވަޒަންވެރިވި، ވަކި ދުވަސްވަރެއް ބުނަން ނޭނގޭ އެވޭލާ ގަދީމީ ރާއްޖެއެއް ކަަމަށެވެ. ތަނުގެ އަސްލުވެހީންގެ ގޮތުގައި ހޭދަކުރި 4،000 އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ބަހަކާއި އަކުރެއް އުފެދި، އެ ބަހަށް އެތައް މުއްސަނދި ކަމެއް ލިބިފައިވާ ކަމަށެވެ. ދިގު ތާރީހަކާއި ފުދުންތެރި ސަގާފަތަކާ އަދި އެތަކެއް ތަރިކަތަކެއް އެބައޮތް ކަމަށެވެ. މިއީ "މާދަމާގެ މަންޒިލްތަކަށް އަމާންކަމާ އެކު ދަތުރުކުރުމަށް ޓަކައި ކުނބަށް ނަގަންހުރި ރިޔާތަކެއް،" ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Ads by Allied Insurance
  1. ހެޔޮނުވާނެއޭ

    ފުރަތަމަ ސަރުކާރުގެ އަޚްލާގު ރަނގަޅު ކުރަންވީ ފުރަތަމަ މުއިއްޒު ވެފައިވާ ވައުދު ތައް ނުފުއްދާ މުއިއްޒު މެޑިކަލް ޗެކަޕް ހަދަން ސިންގަޕޯރ އަށް ގޮސް ބްރޯ އާއި ބައްދަލު ކުރަނީ ދެން މުއިއްޒު އެބަބުނޭ ތިމަންނާ އަށް ރައްޔިތުން ދިން ވޯޓެކޭ މީ މަމެން މީ މުއިއްޒު އަށް ވޯޓްދިން މީހުންނޭ މަމެން ވޯޓް ދިނީ މުއިއްޒު އަކަށް ނޫނޭ އެވޯޓް ދިނީ ރައީސް ޔާމީނަށް ޓަކައޭ އެކަމަކު ވެރިކަމަށް ހޮވުނު ދުވަހުން ފެށިގެން އެ އަޚްލާގު އޮޅާލާ ރައްޔިތުން ވޯޓްދިނީ މުުއިއްޒުއަށް ކަމަށް ހަދާ އޮޅުވާލަނީ މިވަރުގެ ހަރާމްކޯރު ބަތާހަރާމީ އަކު ދައްކާ ވާހަކަ މިއުޑު ދަށުގައި ތިބޭ ބަޔަކު ގަބޫލުކުރަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ