ރައީސްގެ އަނބިކަނބަލުންނާ ގިނަ ބޭފުޅުން ސަލާމް ނުކުރެއްވިތަން ފެނުމުން ދެރަވި: މައުމޫން
މިއަދު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުން ސަލާމް ނުކުރެއްވިތަން ފެނިވަޑައިގަތުމުން "ދެރަވި" ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް އެރުވި އެވެ. އަދި "ދިވެހި ގައުމިއްޔަތުގެ އިސްވަރު" އިފްތިތާހުކޮށްދެއްވި އެވެ.
ގައުމީ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ ރަސްމީ ޖަލްސާ ކުރިއަށްދިޔަ ގޮތަށް ތައުރީފު ކުރައްވާފަ އެވެ. ވިދާޅުވީ ޖަލްސާގައި ދިވެހިވަންތަކަމަށް ޓަކައި ފަހުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ ކަންކަމަށް އުފާފުޅުކުރައްވާ ކަމަށެވެ.
އެހެންނަމަވެސް ޖަލްސާގައި ބައިވެރިވަޑައިގެންނެވި ގިނަ ބޭފުޅުން ސާޖިދާ އާ ސަލާމް ނުކުރައްވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަންހެނުން ފިރިހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި އިޚްތިލާފް ތަކެއްވެއެވެ. ބައެއް އިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި އެއީ ކުރުމަށްވުރެ ނުކުރުން ރަނގަޅު ކަމެކެވެ. ސާޖިދާ މީގެ ކުރިން ވެސް ފާހަގަ ވެގެން ގޮސްފައިވަނީ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރައްވާ ބޭކަނބަލެއްގެ ގޮތުގައެވެ.
ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން މައުމޫން ވަނީ އިތުރު ޕޯސްޓެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވެފައި ވަނީ ރައީސް ދެއްކެވީ ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ކަމަށެވެ. އެ ޕޯސްޓަށް ރައީސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
ތިމައުމޫން އެގިހުރެ ކޮންމެ އެއްޗެކޭވެސް ބުނެފާނެ
ސާޖިދަ މެޑަމްގެހިތުގައި އިސްލާމްދީނުގެމާތްކަން ހަރުލާފައިވުމުން އެކަމަނާ ހިލޭގިނަފިރިހެނުންނާ ސަލާމް ކޮށް ހެދުމަކީ މާތްވެގެންވާ އިސްލާމް ދީން ދައްނަކަމަކަށް ނުވާތީ މެޑަމް ސާޖިދާ ސަލާމް ކުރުމުގެ ޝައުގުނެތީ ކަމަށް ބެލެވުނީ
އެއީ ޚިލާފުހުރި މައްސަލައެއް ނޫން
ސަލާމް ކުރިނަމަ ބުނާނެ މުސްލިމް ޤައުމެއްގެ ރައީސްގެ އަނބިކަނބަލުން ގިނަބޭފުޅުން (ފިރިހެނުން) ނާއި ސަކާމް ކުރީމަ ދެރަވިއޭ…