Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން ރިޒުނާ އިސްތިއުފާ ދެއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުން ރިޒުނާ އިސްތިއުފާ ދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެމްޑިމިނިސްޓްރޭޝަން(ޑީޖީއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ މަގާމުން އިސްތއުފާ ދެއްވައިފި އެވެ.

ރިޒްނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން ޑީޖީއޭގެ މީޑިއާ އޮފިޝަލަކު "ދެން" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެެ،

މީޑިއާ އޮފިޝަލު ވިދާޅުވީ ރިޒްނާ އިސްތިއުފާގެ ސިޓީ ލިބުނީ މިއަދު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރިޒްނާ އިސްތިއުފާ ދެއްވި އިރު އޭނާއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ މުވައްޒަފުންތަކެއް ނެގުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ޑިޖީއޭގެ މީޑިއާ އޮފިޝަލު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރިޒްނާ މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭނާ ޑީޖީއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓިމްގެ މަގާމު ފުރުއްވަމުން ގެންދަވާތާ މި އަހަރުގެ ސެޕްޓެމްބަރު މަހަށް ހަތަރު އަހަރު ފުރޭނެ އެވެ.

ރިޒުނާ އެ މަގާމަށް އައްޔަންކުރުމުގެ އެ މަގާމުގައި ހުންނެވީ އަބްދުﷲ ނަޒީރެވެ. ނަޒީރު މަގާމުން ވަކިވީ، އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް އާ މީހަކު އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލެއް ގެންނަން ފާސްކޮށްގެނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް