Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ބޮލީވުޑް

ކަސޯޓީގެ އެކްޓަރު ވިކާސް މަރުވެއްޖެ

ކަސޯޓީގެ އެކްޓަރު ވިކާސް މަރުވެއްޖެ

2000 ގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ ޓީވީ ސީރީޒް "ކަސޯޓީ ޒިންދަގީ ކީ" ގެ އެކްޓަރު ވިކާސް ސޭތީ މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 48 އަހަރުގައި ވިކާސް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވީ ނިދާފައި އޮއްވާ ކަމަށް ވެއެވެ.

ވިކާސް މަރުވިއިރު އޭނާގެ އަންބަކާއި އެއް މާބަނޑު ދެ ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. ވިކާސްގެ މަރާއި ގުޅިގެން އާއިލާއިން މިއަދު ރަސްމީ ސްޓޭޓްމެންޓެއް ނެރޭނެކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement
Ooredoo — Truecaller (box)

ވިކާސް އެންމެ ފުރަތަމަ މަގުބޫލުކަން ހޯދީ ސްޓާ ޕްލަސްއިން ގެނަސްދިން "ކިޔޫކީ ސާސް ބީ ކަބީ ބަހޫ ތީ" އިން އަބީ ރާޖް ބާސިންގެ ރޯލުންނެވެ. އޭގެ ފަހުން ހަމަ އެ ދުވަސްވަރު "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭމް ބާސޫގެ ރޯލުންވެސް އޭނާ މަޝްހޫރުކަން ހޯދި އެވެ.

މީގެ އިތުރުން ބޮލީވުޑްގެ އޯލް ޓައިމް ބްލޮކްބަސްޓާ "ކަބީ ހުޝީ ކަބީ ގަމް" ގެ ކުޑަ ރޯލަކުންވެސް ވިކާސް ފެނުނެވެ.

2000 ގެ ކުރީކޮޅު ޓީވީ ސީރީޒްތަކުން ވިކާސް ފެނުނު ނަމަވެސް މިފަހުން އޭނާ ވަނީ ސްކްރީނާއި ދުރަށް ގޮސްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް