ބޮލީވުޑް މުނިފޫހިފިލުވުން

އަމްބާނީގެ ދަނބި ދަރި ރާދިކާ ބަނޑު ބޮޑުކަމަށް އަޑު ފެތުރެން ފަށައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރާދިކާ އޭނާގެ މަންމަ އަދި މައިދައިތަ އާއިއެކު

މިދިޔަ ޖުލައި މަހު މުކޭޝް އަމްބާނީގެ ހަގު ދަރި އަނަންތު އަމްބާނީއާއި ކައިވެނީގެ ގޮތުން ގުޅުނު ރާދިކާ މާޗެންޓް ބަނޑު ބޮޑު ކަމަށް އަޑު ފެތުރެން ފަށައިފި އެވެ.

Ads by MWSC

އަމްބާނީ ގޭގައި ބޭއްވި ހަފްލާއެއްގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވައިރަލްވަމުންނެވެ. ރާދިކާ ފެންނަ ބައެއް ވީޑިއޯތަކުގައި ތަކުރާރުކޮށް އޭނާ ބަނޑުގައި އަތް ބައިންދައިގެން ހިނގާ މަންޒަރު ފެނެ އެވެ. ބައެއް ފޮޓޯތަކުގައި ރާދިކާގެ ބަނޑު އިހުނަށްވުރެއް ބޮޑުކަމަށްވެސް ފާހަގަ ވެއެވެ.

ވައިރަލްވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކަށް އާންމުންގެ ސަމާލުކަން ހުއްޓިފައިވާއިރު އެއަށް ކޮމެންޓު ކުރާ މީހުން ބުނަނީ ރާދިކާ ބަނޑު ބޮޑު ކަމަށެވެ. ބައެއް މީހުން މިގޮތަށް ބުނަނީ ހައި ހީލްގެ ބަދަލުގައި ފްލެޓު ފައިވާނަކަށް ރާދިކާ އަރައިގެން ހުރީމަ އެވެ. މިފަދަ ހަފްލާތަކުގައި އާންމުކޮށް ރާދިކާ ފެންނަނީ ހީލްގަ އެވެ.

ރާދިކާ ބަނޑު ބޮޑު ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް މިފަދަ ކަމެއް ހިނގާނަމަ ބޮޑެތި ހަފްލާތައް ބާއްވައި އެކަން އިއުލާން ކުރާނެކަމަށް ބެލެވެ އެވެ. އަމްބާނީ އާއިލާގައި އުފާވެރި ހަބަރެއް އިއުލާން ކުރާނަމަ އެކަން މުޅި ދުނިޔެއަށް އަންގަ އެވެ.

ރާދިކާ އާއި އަނަންތު ކައިވެނީގެ ގޮތުން ގުޅުނީ އޭގެ ކުރިން 7 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ. މިއަހަރު ޖުލައި މަހު ކައިވެނީގެ ކުރިން ތިން ހަފްލާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އެވެ. އެމީހުންގެ ކައިވެނީގެ ހަފްލާތަކަށް 100 މިލިއަން ރުޕީސްއަށްވުރެއް ގިނަ ފައިސާ ހަރަދު ކުރިކަމަށް ރިޕޯޓުތައް ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!