Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޓެކްނޮލޮޖީ

އެޕަލް އިވެންޓް: އައިފޯން 16 އާއި އެއާޕޮޑްސް އިތުރު ހަރުފަތަކަށް

އެޕަލް އިވެންޓް: އައިފޯން 16 އާއި އެއާޕޮޑްސް އިތުރު ހަރުފަތަކަށް
އެޕަލްއިން "އިޓްސް ގްލޯޓައިމް" ގެ ނަމުގައި އިވެންޓެއް ބާއްވައި އައިފޯން 16 ސީރީޒް އާއިއެކު އެކުންފުނީގެ އައު ގެޖެޓުތައް ދައްކާލައިފި އެވެ. އެޕަލްއިން ލައިވް ކުރި މި އިވެންޓު އެތައް މިލިއަން މީހުންނެއް ލައިވްކޮށް ބެލި އެވެ. ރޭގެ އިވެންޓުގައި އައިފޯން 16 ސީރީޒް އާއި އެއަޕޮޑްސް 4 ވަނަ ޖެނެރޭޝަންގެ އިތުރުން އެޕަލް ވޮޗްގެ 10 ވަނަ ސީރީޒް ވަނީ އިއުލާން ކޮށްފަ އެވެ. މިފަހަރުގެ އައިފޯނުގައި އެންމެ ފާހަގަވީ އެއް ކަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާ އެވެ. އައިފޯން 16 ގެ ހުރިހާ މޮޑެލްއެއްގައިވެސް އޭއައި ވަނީ އެޑްވާންސް ކޮށްފަ އެވެ. މީގެ އިތުރުން އައިފޯން އެކްސްއިން ފެށިގެން ފަހުގެ ފޯނުތަކަށް އައިއޯއެސް 18 ތައާރަފުކޮށްފައިވާއިރު މިމަހު 16 ގައި ސިސްޓަމް އަޕްގްރޭޑު ކުރެވޭނެކަން ރޭ އިއުލާން ކުރި އެވެ.  

އެއާޕޮޑްސް 4

އެޕަލްއިން ރޭ ތައާރަފު ކުރީ އެއާޕޮޑްސްގެ ހަތަރުވަނަ ޖެނެރޭޝަން އެވެ. މި ސީރީޒްގައި ވަނީ އަޑުއިވުމުގެ ހިއްސުގައި މައްސަލަ ޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފީޗާތަކެއް ހިމަނައިފަ އެވެ. އެއާޕޮޑްސް 4 ގައި ވަށައިގެންވާ އަޑުތައް ކެންސަލް ކޮށްދޭނެ އެވެ. އަދި އަޑު މަޑު ތަނަކުން އަޑު ގަދަ ތަނަކަށް ދާނަމަ މެނުއަލްކޮށް އަޑުތައް ކެންސަލް ކުރާކަށް ނުޖެހޭނެ އެވެ. އެއާޕޮޑްސް އަމިއްލައަށް އެކަން ކޮށްދޭނެ އެވެ. މީގެ އިތުރުން އަމިއްލައަށް ވާހަކަ ދައްކާނަމަ އޮޓޯއިން އެއާޕޮޑްސްގެ އަޑު މަޑުކޮށްދޭނެ އެވެ. [caption id="attachment_240896" align="alignnone" width="708"] އެއާޕޮޑްސް 4 ސީރީޒް[/caption] އެއާޕޮޑްސް ބޭނުން ކުރަމުން ސިރީ ބޭނުން ކުރާނަމަ ސިރީ ކުރާ ސުވާލަކަށް ބޮލުގެ އިޝާރާތުން އާނ ނުވަތަ ނޫނޭކޭ ބުނުމުން އެއާޕޮޑްސްއިން އެކަން ދެނެގަންނާނެ އެވެ. އެއާޕޮޑްސް 4 ގައި ހިމެނޭ ހުރިހާ ފީޗާއެއް އެއަށްވުރެއް އެޑްވާންސްކޮށް އެއާޕޮޑްސް ޕްރޯ 2 ގައި ހިމަނާފައި ވެއެވެ.  

އެޕަލް ވޮޗް 10

އެޕަލް ވޮޗް 10 ވަނަ ޖެނެރޭޝަންގެ ދެ ގަޑިއެއް ރޭ ތައާރަފު ކުރި އެވެ. އެއީ އެޕަލް ވޮޗް 10 އާއި 10 އަލްޓްރާ އެވެ. މި ދެގަޑިއަކީ މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ތުނި ގަޑި އެވެ. ގަޑިގެ ކަމަރު ހަދާފައިވަނީ ޓައިޓޭނިއަމް އިންނެވެ. އެޕަލް ވޮޗް 10 ހާއްސަ ކޮށްފައިވަނީ ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ ފީޗާތަކަކާއިއެކު އެވެ. އަލްޓްރާ ހާއްސަ ކޮށްފައިވަނީ ކުޅިވަރު ކުޅޭ ފަރާތްތަކަށެވެ. [caption id="attachment_240897" align="alignnone" width="888"] އެޕަލް ވޮޗް 10 ވަނަ ސީރީޒް[/caption] ދެ ގަޑީގެ ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ސްލީޕް އެޕްނިއާ މޮނިޓާ ކުރުމަށް ހާއްސަ ފީޗާއެއް ދެ ގަޑީގައި ވަނީ ހިމަނައިފަ އެވެ.  

އައިފޯން 16 ސީރީޒް

އައިފޯން 16 އާއި 16 ޕްލަސް އަދި 16 ޕްރޯ އާއި ޕްރޯ މެކްސްގެ ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. 16 ޕްރޯ ގެ ސްކްރީނުގައި 6.3 އިންޗި ހުރިއިރު ޕްރޯ މެކްސްގެ ސްކްރީނުގައި 6.8 އިންޗި ހުންނާނެ އެވެ. މި ސީރީޒްގައި ކެޕްޗާ ބަޓަންއެއް އިތުރުކޮށްފައިވާއިރު އެ ބަޓަންއިން ފޮޓޯ ނެގުމާއި އެހެނިހެންވެސް ކެމެރާގެ ފީޗާތައް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ އިތުރުން 16 ޕްރޯ މެކްސްގައި ހިމަނާފައިވަނީ މިހާތަނަށް އައި ފޯނެއްގައި ހުންނާނެ އެންމެ ރަނގަޅު ބެޓެރީ ކަމަށް އެޕަލްއިން ބުންޏެވެ. [caption id="attachment_240895" align="alignnone" width="690"] އައިފޯން 16 އަދި 16 ޕްރޯ[/caption] އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްގައި ހިމެނޭ ކެމެރާއިން ފޯކޭ ރިޒޮލިއުޝަންގައި 120 ފްރޭމްސްގެ ވީޑިއޯ ރެކޯޑު ކުރެވޭނެ އެވެ. މިއީ ކޮންޓެންޓް ކްރިއޭޓު ކުރާ މީހުންގެ ވީޑިއޯތައް އާ ހަރުފަތަކަށް ގެންގޮސްދޭނެ ފީޗާ އެކެވެ. މި ދެ ފޯނުގެ އޭ 18 ޕްރޯ ޗިޕު، ބޭސް މޮޑެލްތަކަށްވުރެއް އަވަސްވެފައި ވަރުގަދަ ވާނެކަމަށްވެސް އެޕަލްއިން ބުންޏެވެ. އައިފޯން 16 ސީރީޒްގެ ފޯނުތަކަށް މުޅިން އާ ފީޗާއެއް ކަމަށްވާ ވިޝުއަލް އިންޓެލިޖެންސް މިއަހަރުގެ ފަހުކޮޅު އަންނާނެ އެވެ. މި ފީޗާ ބޭނުން ކޮށްގެން ރެސްޓޯރެންޓެއް ނުވަތަ މިޔުޒިއަމްއެއް ކެމެރާއަށް ކެޕްޗާ ކުރުމުން އެތަނުގެ ތަފްސީލުތައް (މިސާލަކަށް މެނޫއާއި ހިދުމަތުގެ އަގުތައް) ފަސޭހައިން ހޯދައިލެވޭނެ އެވެ. އެހެންނަމަވެސް މިފީޗާ އަދި ލިބޭނީ މަދު ގައުމަކަށެވެ. އެޕަލްއިން ބުނީ އިތުރު ގައުމުތަކަށް މި ފީޗާ ތައާރަފުކުރަން މަސައްކަތް ކުރާ ކަމަށެވެ.  

އަގުތައް:

އެއާޕޮޑްސް 4 – 129 ޔޫއެސްޑީ އެއާޕޮޑްސް ޕްރޯ 2 – 249 ޔޫއެސްޑީ އެޕަލް ވޮޗް 10 – 399 ޔޫއެސްޑީ އެޕަލް ވޮޗް 10 އަލްޓްރާ – 499 ޔޫއެސްޑީ އައިފޯން 16 – 799 ޔޫއެސްޑީ އިން މައްޗަށް އައިފޯން 16 ޕްލަސް – 899 ޔޫއެސްޑީ އިން މައްޗަށް އައިފޯން 16 ޕްރޯ  - 999 ޔޫއެސްޑީ އިން މައްޗަށް އައިފޯން 16 ޕްރޯ މެކްސް – 1199 ޔޫއެސްޑީ އިން މައްޗަށް

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް