ޓެކްނޮލޮޖީ

ސްޕޭސް ސްޓޭޝަން ، 2031 ވަނަ އަހަރު ކަނޑަށް ވައްޓައިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) 2030ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރާނެ ކަމަށާއި 2031ވަނަ އަހަރު ޕެސިފިކް ކަނޑަށް އައިއެސްއެސް ވައްޓައިލާން ނިންމައިފައިވާ ކަމަށް ނާސާއިން ބުނެފިއެވެ،

Ads by Sosun Fihaara

އެމެރިކާގެ ސްޕޭސް އެޖެންސީން މި ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އައިއެސްއެސް ވެއްޓޭނީ، ޕެސިފިކް ކަނޑުގެ ޕޮއިންޓް ނެމޯ ނަމަކަށް ކިޔާ ކަނޑުގެ ސަރަހައްދަކަށް ކަމަށެވެ.

މިއީ ޖައްވީ އުޅަނދެއްގެ ގަބުރުސްތާނުގެ ނަމުން ވެސް މަޝްހޫރުވެފައިވާ ސަރަހައްދެކެވެ. މި ތަނަށް ވެއްޓޭ ގޮތަށް ޖައްސީ އުޅަނދު ފަރުވާ ކުރަނީ، މިއީ އިންސާނުންނާ އެންމެ ދުރު ހިސާބަށް ވާތީއެވެ. މި ކަނޑުގައި ކުރީގައި ބޭނުންކޮށް، ބިމަށް ވައްޓައިލައިފައިވާ އެތައް ސެޓަލައިޓެއް ވެއެވެ. އޭގެ ތެރޭގައި 2001ވަނަ އަހަރު  ވައްޓައިލި،ރަޝިއާގެ ސްޕޭސް ސްޓޭޝަން މީރް ވެސް ހިމެނެއެވެ.

ފަސް ސްޕޭސް އެޖެންސީއެއް ހިމެނޭ ގޮތަށް ހިންގާ އައިއެސްއެސްއަކީ 1998ވަނަ އަހަރުން ފެށިގެން ދުނިޔެ ވަށާ ބުރުޖަހަމުން އަންނަ ސްޓޭޝަނެކެވެ. 2000ވަނަ އަހަރުން ފެށިގެން މި އުޅަނދުގައި މީހުން އުޅެމުންދެއެވެ. މި ސްޓޭޝަންގައި ހުންނަ މައިކްރޯގްރެވިޓީ ލެބޯޓްރީގައި 3،000އަށް ވުރެ ގިނަ ރިސާޗް އިންވެސްޓިގޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އުޅަނދުގައި އެކްސްޕެރިމެންޓް ހެދުމުގެ ހުއްދަ ދީފައި ވަނީ 2024ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ތަހްލީލެއް ކުރާނަމަ މި ސްޓޭޝަންގެ ހުރިހާ ޕާޓުނަރުންގެ ހުއްދަ ބޭނުންވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!