Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ރޭސިން ޓްރެކާއި ޑްރިފްޓިން އެރީނާއަށް ޖާގަ ކަނޑައަޅައި މަސައްކަތް ފަށަނީ

ރޭސިން ޓްރެކާއި ޑްރިފްޓިން އެރީނާއަށް ޖާގަ ކަނޑައަޅައި މަސައްކަތް ފަށަނީ
ރޭސިން ޓްރެކް އަޅާނެ ޖާގަ ތިލަފުށިން ކަނޑައެޅުމަށް މިހާރު އެދިފައިވާ ކަމަށާއި ޖާގަ ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާފިއު ވިދާޅުވީ މާލެ ސަރަހައްދުގައި ރޭސިން ޓްރެކެއް އަދި ޑްރިފްޓިން ޓްރެކެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެފައިވާ ކަމަށެވެ. ރޭސިން އާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުން ކުރަމުން އައި ސަރަަހައްދަކީ "ހެލްތް އެންޑް ސޭފްޓީ" އަށް އެންމެ ރަނގަޅު ތަނެއްތޯ ނުވަތަ ނޫންތޯ ބެލުމަށް މަޝްވަރާ ކުރެވުނު ކަމަށް ރާފިއު ވިދާޅުވި އެވެ. އެ ކަންކަން ބެލުމަށް ޓީމެއް ހަމަޖައްސާފައިވާ ކަމަށެވެ. ކޮންމެ ކުޅިވަރަކީ އެއީ ކޮންމެ ކުޅިވަރެއް ކަމުގައި ވިނަމަވެސް، އެ ކުޅިވަރު ކުޅޭ މީހުންނަށާ އަދި އެ ކުޅިވަރު ކުޅޭ ތަން ބަލަންދާ ފަރާތްތަކަށް ރައްކާތެރި ވެއްޓެއްގައި ކުރިއަށްދާ ހަރަކާތަކަށް ވާން ޖެހޭނެ ކަމަށެވެ.
"މިހާރު ލޭންޑް އެލޮކޭޓް ކުރުމަށް ޓަކައި، ހައުސިން މިނިސްޓްރީއަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ވާނީ ސިޓީއެއް ފޮނުވާފައި، ރޭސިން ޓްރެކް އަޅާނެ ޖާގަ ތިލަފުށިން ހޯދުމަށް ޓަކައި،" ރާފިއު ވިދާޅުވި އެވެ.
އޭގެ އިތުރުން ޑްރިފްޓް ކުރާނެ ތަނެއް ވަކިން ކަނޑައަޅައި، "ޑްރިފްޓިން އެރީނާ" އެއް ގާއިމު ކުރެވޭނެ ކަމަށެވެ. އިތުރަށް ވިދާޅުވި ގޮތުގައި ބިންތައް ކަނޑައެޅުނުހާ އަވަހަކަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމުގަ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެޗްޑީސީން ދީފައިވާ ހުއްދަ މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ބާތިލުކޮށްފަ އެވެ. އެކަން އިއުލާނުކޮށްފައި ވަނީ މަގުތަައް އަމާން ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަ ކުރުމަށް އެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް