Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ޖެނުއަރީން ފެށިގެން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އީޓީއޭ ހޯދުމަށް ފަހު

ޖެނުއަރީން ފެށިގެން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އީޓީއޭ ހޯދުމަށް ފަހު
އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދުމަށް ފަހުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އަންގާފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމުގައި ބުނެފައިވާ ކަމަށެވެ. އެ ބަދަލާ ގުޅިގެން ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އީޓީއޭ އަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.
"އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށާއި ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަ މަސް ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރު ކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އެ ފަރާތުން ފާހަގަކޮށްފައިވެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ އެޕްރީލު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އެ ގައުމާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އިނގިރޭސިވިލާތަށް ދަތު ކުރުމުގެ ކުރިން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ވަނީ އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ބޭނުންވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުވެ، އެ ގައުމުގެ އިމިގްރޭޝަން ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް