Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެއާ ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ މަޝްވަރާތަކެއް

ރާއްޖެއާ ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ މަޝްވަރާތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފާ ބައްދަލުކުރައްވައި، ޕާކިސްތާނާއި ރާއްޖެ ދެމެދުގައި ސީދާ ދަތުރުތައް ކުރުމުގެ މަޝްވަރާތަކެއް ކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްގެންދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި ވަނީ ވިޔަފާރީގެ ދާއިރާއާއި ތައުލީމުގެ ދާއިރާއާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ޓަކައި ރާއްޖޭގެ ތަޖުރިބާ ގެ ބޭނުން ހިފުމަށް ޝައުގުވެރިކަން ހުރިކަމަ ށެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަން ސްޓްރެޓެޖީތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

Advertisement
Ooredoo — Truecaller (box)

ބައިނަލްއަގްވާމީ ގޮތުން ދިމާވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންވެސް ވަނީ ވާހަކަ ދައްކާފަ އެވެ.

ރައީސް ވަނީ ސަރުކާރުން ކުރިއަށްގެންދާ "5 މިލިއަން ގަސްޕްރޮޖެކްޓް" ގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ. އަދި ކޮޕް28 ގެ ތެރޭގައި ހުށަހެޅުއްވި މި މަޝްރޫއުއަށް ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ރައީސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގެ ޔަގީން ކަން ރައީސް އަދި ބޮޑުވަޒީރު ދެއްވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް