ޚަބަރު އިޖުތިމާޢީ ސަރުކާރު

ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން އަނެއްކާވެސް ހުޅުވާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ގދ. ކަނޑެވާރެހާ / ފޮޓޯ:މެޕްސް

ކަނޑެވާރެހާގައި ފަތުރުވެރިކަން ތަރައްގީ ކުރާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

Ads by Sosun Fihaara

ގދ. ހޯނޑެއްދޫ ކައުންސިލުން އިއްޔެގައި ކުރި އިއުލާން މިއަދު ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާއިރު، އޭގައިވަނީ ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކަނޑެވާރެހާއަކީ ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ ކުޑަ ފަޅު ރަށެއް ކަމަށެވެ. އަދި މިރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރަން ބޭނުންވާ ދިވެހިންނާއި ބޭރު މީހުންނަށް އެފުރުސަތު ހުޅުވާލާފައި ވާކަމަށްވެސް އިއުލާންގައި ވެއެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޓް ހުށަހެޅުމަށް އިއްޔެއިން ފެށިގެން 17 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 13:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޕްރީ ބިޑް މީޓިން އެއް 15 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ވާޗު އަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާންގައި ވެއެވެ. އަދި މި ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 13 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރާ އެކު އީމެއިލްއެއް ފޮނުވުމަށް އިއުލާންގައި ބުނެފައި ވެއެވެ.

މީގެއިތުރުން އިއުލާންގައި ވަނީ 24 ނޮވެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

2017 ވަނަ އަހަރު ބީލަމުގެ އުސޫލުން ގދ. އަތޮޅުގެ 27 ފަޅު ރަށެއް ވަރުވާ ދޫކުރަން ހުޅުވާލިއިރު ކަނޑެވާރެހާ ވެސް ހިމެނެއެވެ. އަދި އޭގެ ފަހުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް 2021 ވަނަ އަހަރު ބީލަމަށް ހުޅުވާލި 16 ރަށުގެ ތެރޭގައިވެސް ކަނޑެވާރެހާ ހިމެނެއެވެ.

މި އަހަރުގެ މާޗް މަހުގައިވެސް މި ރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލާފައި ވެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި ހޯޑެއްދޫ އަށް ވަޑައިގަންނަވާ ރައީސް ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން ހުރި ކަންކަން ބެެއްލެވުމަށް ފަހު، ކަޑެވާރެހާ އަށް ޓޫރިޒަމް ގެނެސް، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!