Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި 

ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި 

ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ, މ. ސަލާސާ, އުމުރުން 31 އަހަރުގެ މޫސާ ފާޒިލް ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރުފަހު 2:25 ހާއިރު ހުޅުމާލެ ފްލެޓް 4 ކައިރިން ހިނގާފައިދަމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 3 ސެލޯފިން ކޮޅު ފާޒިލް އެއްލާލި ކަމަށެވެ. އެ މަންޒަރު އެތަން ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ ފާޒިލް ހުއްޓުވާ ސުވާލުކޮށް, ބޮޑީ ޗެކް ކުރަން އެދުމުން ގަދަ ހަދާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށެވެ. އެހެންވެ, ބާރުގެ ބޭނުންކޮށްގެން ފާޒިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

 

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް