Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވޭރިއަންޓު ޓެސްޓު ކުރަން ގަވާއިދުން ފޮނުވާ: ޑރ. ނަޒްލާ

ވޭރިއަންޓު ޓެސްޓު ކުރަން ގަވާއިދުން ފޮނުވާ: ޑރ. ނަޒްލާ

ކޮވިޑް-19 ޖެހުމުން އެއީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް އިތުރަށް ތަހުލީލުތައް ހެދުމަށް "ޖީން ސީކުއެންސް" ގަވައިދުން ހަދަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ "އޮމިކްރޮން" ވޭރިއަންޓް ރާއްޖެއަށް ވެސް އައިސްފާނެކަމުގެ ކަންބޮޑުވުން ފެތުރެމުންދާތީ، އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރީ ކޮން ވޭރިއަންޓެއްތޯ ގަވައިދުން ބަލަމުން ގެންދާ ކަމަށާއި އެގޮތުން މިހާރު 830 ސުންކު ސީކުއެންސިންނަށް ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ސުންކުތައް މިދިޔަ މަހު 13އިން ފެށިގެން ގަވައިދުން ފޮނުވަމުންދޭ. ކޮންމެ ދުވަހަކު 50އަށް ވުރެ ގިނަ ސުންކު ސީކުއެންސަށް ޓެސްޓު ކުރަން ފޮނުވިން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަަށް ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވި ގިނަ ސުންކުތައް ޑެލްޓާ ވޭރިއަންޓުގެ އެކި ވައްތަރުތަކަށް ފައްސިވި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް