Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ޑައިވިންގެ ހާއްސަ ގަވާއިދު ޒަމާނަށް ފައްތަން އިސްލާހުކުރަނީ

ޑައިވިންގެ ހާއްސަ ގަވާއިދު ޒަމާނަށް ފައްތަން އިސްލާހުކުރަނީ
ދިވެހިރާއްޖޭގައި ޑައިވިންއަށް ހާއްސަކޮށް މިހާރު އޮތް ގަވާއިދާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށިތާ 10 އަަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެކި ފެއާތަކުގައި ބައިވެރިވަމުންދާ ކަމަށެވެ. އެގޮތުން ބައިވެރިވާ އެންމެ ބޮޑު ފެއާއަކީ ޖަރުމާނުގައި ބާއްވާ އައިޓީބީ ބާލީންގައި ކަމަށެވެ. އެހެންނަމަވެސް ޑައިވިންއަށް ހާއްސަކޮށް ވަކި ފެއާއެއް މިހާތަނަށް އެމްއެމްޕީއާރުސީން ކުރިއަށް ގެންގޮސްފައިވާ ނުވާ ކަމަށެވެ. ޑައިވިންގެ އެކި ކަންކަމުގައި ހަރަކާތްތެރިވާ 500 އެއްހާ ގިނަ ޑައިވަރުން ރާއްޖޭގައި ތިބިއިރު، ޑައިވިންއަށް  ހާއްސަކޮށް އެކުލަވާލާފައިވާ ގަވާއިދުތަކަކީ 1991 ވަނަ އަހަރު އެކުލަވާލާފައިވާ ގަވާއިދުތަކެއް ކަމަށެވެ. ކަމާ ގުޅިގެން ދިމާވާ ގޮންޖެހުންތައް އެބަހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ.
"އޭގެ ތެރެއިން ފާހަަގަކުރެވުނު އެއް ކަންތައް ޑައިވްކޮށްފައި 24 ގަޑިއިރު ފަހުން ފްލައި ކުރެވުން. އެހެންނަމަވެސް އިންޓަނޭޝަނަލް ބައެއް ގައުމުތަކުގައި މި ޕްރެކްޓިސް މި އޮންނަ ގޮތަކީ 18 ގަޑިއިރަށް ފަހު ފްލައި ކުރެވުން،" ފައިސަލް ވިދާޅުވި އެވެ.
ރަސްމީ މަސައްކަތަށް ނިކުންނެވުމަށް ފަހު އެ ގަވާއިދު ބަލައި، ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯއްދަވާނެ ކަަމަށެވެ. އަދި އެއަށް ފަހުގައި ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށެެވެ. އިތުރަށް ވިދާޅުވި ގޮތުގައި އަންނަ އަހަރު މާކެޓިން އަދި ޕްރޮމޯޝަނަށް ކުރެވޭ ބަޖެޓު އިތުރު ކުރެވޭނެ ކަަމުގަ އެވެ. އެ ބަޖެޓުން އަތޮޅު އަދި ސިޓީތަކުގައި ހުރި "ޔުނީކް ސެލިން ޕޮއިންޓްތައް" ދެނެގަނެ، އެ ތަންތަނުގެ ދަފުތަރެއް އެކުލަވާލެވޭނެ ކަމުގަ އެވެ. އަދި އެ ތަންތަން ޑިޖިޓަލައިޒް މާކެޓިންގެ ތެރެއިން މާކެޓް ކުރެވޭނެ މަގުފަހިކުރާނެ ކަމުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް