ޚަބަރު ސަރުކާރު

މިފްކޯއަށް ސީއީއޯއެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިފްކޯ މަސްފިހާރަ: މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އަނެއްކާވެސް ވަނީ އިއުލާނުކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރެއް / މެނޭޖިން ޑިރެކްޓަރެއް ހޯދުމަށް އަނެއްކާވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އިން އިއުލާނުކޮށްފި އެވެ.

Ads by Hajj Corporation

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދުމަށް މީގެކުރިން ވެސް ޕީސީބީން އިއުލާނުކުރި އެވެ. މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުކުރި އެ އިއުލާނު ބާތިލުކުރިކަން އަންގައި ޖުލައި 16 ވަނަ ދުވަހުގެ އެ ބޯޑުން ކުރި އިއުލާނުގައި ބުނެފައި ވަނީ ހުޅުވާލި ފުރުސަތުގައި މަގާމަށް ޝަރުތު ހަމަވާ މީހަކު ނުލިބުނު ކަމަށެވެ.

ޕީސީބީން މިއަދު ކުރި އިއުލާނުގައި ބުނީ ސީއީއޯ/އެމްޑީގެ މަގާމަށް ބޭނުން ވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު ކަމަށެވެ.

މަގާމަށް މީހަކު ހޮވުމުގައި ގާބިލުކަމާއި ތަޖުރިބާއަށް ބަލާނެކަން ފާހަގަކޮށް ޝައުގުވެރިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ލިޔެކިޔުންތައް ފެށޭ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މިފްކޯގެ ސީއީއޯއަކަށް މީހަކު ހޯދަން ޕީސީބީން އިއުލާނުކުރި ކުރުން ވެފައި ވަނީ އެގޮތަށް ކުރެވުނު ފުރަތަމަ އިއުލާނަށެވެ. މީގެކުރިން މަގާމުތަކަށް އައްޔަން ކުރަނީ ސަރުކާރުން ފޮނުވާ ނަންތަކެވެ.

މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހްމަދު ސަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަނުކޮށްފަ އެވެ.

Ads by HDC
  1. މުގަަާބޫ

    އަދިވެސް ބޭނުންވާ ވަރުގެ ވަގަކު މިފްކޯގެސީއީއޯ އަކަށް ލާން ނުލިބިގެންތަ ތިއަ އުޅެނީ.ތިއައީ މިފްކޯއެއްނޫން.ވަގުންގެ ކުންފުނި ކިއަން މާރަނގަޅު ވާނެ.