Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި ތަކެތި ވިއްކައިލި ފަހުން ހޯދައިފި

ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި ތަކެތި ވިއްކައިލި ފަހުން ހޯދައިފި

ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނަގައި އޭގައި ހުރި އަގު ބޮޑެތި މުދާތަކެއް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މެރީ ބްރައުންއާ ދިމާއިން ބޮޑުތަކުރުފާނު މަގުގެ ބުރެއް މަތީގައި ޗައިނާ ދެ ފަތުރުވެރިއެއްގެ ދަބަސް ހަނދާން ނެތިގެން ބޭއްވިފައި ވަނިކޮށް ގެއްލިފައިވާ ކަމަށް ރޭ 7:12 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދަބަސް ހޯދަން ގަލޮޅު ޕޮލިހުގެ ފުލުހުން ކުރި މަސައްކަތުން 10:15 ހާއިރު ދަބަސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ އެ ދަބަހުގައި ލެޕްޓޮޕާއި ހާޑު ޑިވައިސްއާއި ޕަވާ ބޭންކާއި ޕާސްޕޯޓް އަދި އަންނައުނާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގދ. ތިނަދޫ, ރަންފަރު, އުމުރުން 41 އަހަރުގެ ޒަބީހު މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް