ޚަބަރު އިޖުތިމާޢީ ސަރުކާރު

ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވެއްްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް/ ފޮޓޯ: ދެން

އޮގަސްޓް މަހާއި އަޅައި ބަލާއިރު ނިމުނު ސެޕްޓެމްބަރު މަހު ވައްކަމާއި ފޭރުން ފަދަ މައްސަލަތައް މަދުކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by STELCO

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'އެކްސް' ގައި މިއަދު ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮގަސްޓު މަހު ވައްކަމާއި ފޭރުމުގެ 373 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު މިދިޔަ މަހު ހުށަހަޅާފައިވަނީ 262 މައްސަލަ އެވެ.

އޮގަސްޓު މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 327 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 46 މައްސަލަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި ސެޕްޓެމްބަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 230 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 32 މައްސަލައެއް ސެޕްޓެމްބަރު މަހު ފުލުހަށް ހުށަހެޅިފައިވެ އެވެ. އެއީ އޮގަސްޓު މަހާއި އަޅައިބަލާއިރު 111 ދަށް އަދަދެކެވެ.

އެ ތަފާސް ހިސާބުތައް ހިއްސާކުރަަމުން ޝިފާން ވިދާޅުވީ ކުށްތައް މަދުވީ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުންދާ ލޯކަލް ފްރޮންޓްލައިން ޕޮލިސިން ގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި ތަފާސް ހިސާބުތަކުން ފެންނަނީ އޭގެ ރަނގަޅު ނަތީޖާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ގެއްލުނު ތަކެތީގެ އަދަދާއި، އެކްސިޑެންޓުތައް ހިނގި އަދަދާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، މާރާމާރި ހިންގި މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލައާއި، ހިޔާނާތުގެ މައްސަލައާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ އަދި މަކަރާއި ހީލަތުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައްވެސް ހިއްސާކޮށްފައިވެ އެވެ.

  • އޮގަސްޓު މަހު ތަކެތި ގެއްލިގެން:78 މައްސަލަ - ސެޕްޓެމްބަރު:52 މައްސަލަ
  • އޮގަސްޓު މަހު އެކްސިޑެންޓު ހިނގި އަދަދު:204 - ސެޕްޓެމްބަރު:143
  • އޮގަސްޓު މަހު ރިޕޯޓްކުރި ޖިންސީ ފުރައްސާރައިގެ މައްސަލަތައް:43 - ސެޕްޓެމްބަރު:12
  • އޮގަސްޓު މަހު ރިޕޯޓްކުރި ގެވެށި އަނިޔާ:31 މައްސަލަ - ސެޕްޓެމްބަރު: 11 މައްސަލަ
  • އޮގަސްޓު މަހު މާރާމާރީގެ މައްސަލަތައް:55 - ސެޕްޓެމްބަރު:48
  • އޮގަސްޓު މަހު ރިޕޯޓްކުރި މަސްތުވާތަކެތީގެ މައްސަލަތައް:134 - ސެޕްޓެމްބަރު: 111
  • އޮގަސްޓު މަހު ރިޕޯޓްކުރި ހިޔާނާތުގެ މައްސަލަތަކުގެ އަދަދު:38 - ސެޕްޓެމްބަރު:43
  • އޮގަސްޓު މަހު ތަކެއްޗަށް ގެއްލުންދީގެން:50 މައްސަލަ - ސެޕްޓެމްބަރު: 40 މައްސަލަ
  • އޮގަސްޓު މަހު މަކަރާއި ހީލަތް ހެދުން:16 މައްސަލަ - ސެޕްޓެމްބަރު: 12 މައްސަލަ

އޮގަސްޓު މަހު އެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 649 ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ސެޕްޓެމްބަރު މަހުގައި ރިޕޯޓްކުރެވުނު މައްސަލަތަކުގެ އަދަދަކީ 472 ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިއީ އޮގަސްޓު މަހާ އަޅާ ބަލާއިރު 177 ދަށް އަދަދެކެވެ.

  1. އިއްބެ

    މިހައިދުވަސްވަންދެންތިޔަކަންއެނގިތިބެ އަޅައިނުލާތިބެ އެތއްބަޔަކުނަނާކުރީއެއްނޫންތަ

  2. އަމާން

    ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތަރައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.