ޚަބަރު އިޖުތިމާޢީ ސަރުކާރު

ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ގަވައިދާ ހިލާފަށް ހުރި ތަކެތި ނަގަން އަނެއްކާވެސް އަންގައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފޭސް ތިނެއްގެ ބިން ހިއްކުން ކުރިއަށްދަނީ/ ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނެގުމަށް އަނެއްކާވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

Ads by STELCO

އެޗްޑީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕްރޮޖެކްޓް 02 ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ހުސްކުރުމަށް، 2 ވަނަ އަދި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް މިދިޔަ މެއި މަހުގެ 8 ގައި އެޗްޑީސީން ކުރި އިއުލާނާ އެއްގޮތަށް ގިނަ މީހުން އަމަލު ކޮށްފައި ނުވާ ކަމަށެވެ.

އެހެންވެގެން އެއާ އެއްގޮތަށް އަމަލު ކުރުމަށް އެދި، އެޗްޑީސީން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ފޭސް 3 ގެ ހުސްބިންތަކު ހުރި މުދަލާއި ތަކެތި ނަގާ ހުސްކުރުމަށެވެ.

އެޗްޑީސީން ބުނީ ހުސްކުރުމަށް އިއުލާނުގައި އަންގާފައިވާ ބިންތައް އެދުވަހުގެ ކުރިން ހުސްނުކޮށްފިނަމަ އެ ބިންތަކުގައި ބަހައްޓާފައިވާ މުދަލާއި ތަކެތި އެއީ ވެރި ފަރާތް ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެފަދަ ތަކެއްޗާ މެދު އަމަލުކުރަން ހަމަޖެހިފައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

މި ފަދަ ތަކެއްޗަށް އަމަލުކުރުމުގެ މަސައްކަތުގެ ތެރެއިން މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ-3 ގެ ނަމުގައި ތަރައްގީ ކުރާ ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!