Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަނީ ޗޭންޖިން ވިޔަފާރިތަކުން ލައިސަންސަށް އެދެން ފުރުސަތު ހުޅުވާލައިފި 

މަނީ ޗޭންޖިން ވިޔަފާރިތަކުން ލައިސަންސަށް އެދެން ފުރުސަތު ހުޅުވާލައިފި 
މަނީ ޗޭންޖިން ވިޔަފާރިތަކުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާލައިފި އެވެ. އިއްޔެ އެމްއެމްއޭއިން އެހެން ބުނީ ބޭރު ފައިސާގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު" އަށް މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. އެމްއެމްއޭއިން ބުނީ އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު "މަނީ ޗޭންޖާކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987) އުވިފައިވާ ކަމަށެވެ. މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުގެ ދަށުން އެމްއެމްއޭއިން ދޫކުރަނީ ދެ ބާވަތެއްގެ ލައިސަންސްއެކެވެ.

އެ ދެ ބާވަތަކީ:

  • ޓިއާ 1 - ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް, އެ ލައިސަންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށް.
  • ޓިއާ 2 - ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް, އެ ލައިސަންސް ދޫކުރާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަށުން ޓޫރިސްޓް ރިސޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށް.
އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީއިން ލައިސަންސް ލިބިގެން އެ ވިޔަފާރިކުރާ ފަރާތްތަކުން އާ ލައިސަންސް ލިބެންދެން ކުރީގައި ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި ލައިސަންސަށް އެދި ހުށަހަޅާފައިނުވާނަމަ އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް އެ މުއްދަތު ހަމަވާ ތާރީހުގައި ބާތިލުވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެމްއެމްއޭއިން ބުނީ އާ ގަވާއިދަށް އޮންލައިކޮށް ހުށަހަޅާލެވޭނެ ކަމަށެވެ. އަލަށް ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ 50 ފަރާތަށްވުރެ އިތުރުނުވާނެ ގޮތަކަށް ކަމަށްވާއިރު އަލަށް ލައިސަންސަށް އެދޭ ފަރާތްތައް މިއަދަދަށްވުރެ އިތުރުވާނަމަ ލައިސަންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެމްއެމްއޭއިން އިތުރަށް ބުނީ އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް