ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެންމެ ފަހުން އެއްބަސްވެއްްޖެ

ރާއްޖޭގެ އެންމެ އުތުރުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ބަލައިގަނެ އެ ރަށްތައް އިނގިރޭސިވިލާތާ ހަވާލުކުރަން އިނިގިރޭސިވިލާތުން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމީ އެކަމާ ގުޅޭ ގޮތުން ބޭއްވި 13 މަޝްވަރާތަކަށް ފަހު އެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ނެވެ.
އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިދާރީ ހިންގުން "ގާނޫނާ ހިލާފު" ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުން ބުނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް އެ ތަނުގައި އޮންނަ މިލިޓަރީ ބޭސްގެ ދިގު މުއްދަތަަކަށް އޮންނާނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކަމަށެވެ. އެ މިލިޓަރީ ބޭސް ބޭނުންކުރަނީ އެމެރިކާއިން ކުއްޔަށް ނަގައިގެންނެވެ.
މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުމުން 1960 އާއި 1970 ގެ އަހަރުތަކުގައި އިނގިރޭސި ސަރުކާރުން ގަދަކަމުން އެ ރަށްތަކުން ބޭރުކުރި އެރަށުގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް މިލިޓަރީ ބޭސް ހިންގާ ޑިއޭގޯ ގާސިއާއަކަށް ނުދެވޭނެ އެވެ.