ޚަބަރު އިޖުތިމާޢީ ސަރުކާރު

ގުރުއާން ހިތު ދަސްކުރި 28 ހާފިޒުންނަށް ރައީސް މެޑަލް ދެއްވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އޮކްޓޯބަރު 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ގުރުއާން ހިތުދަސްކުރި 28 ހާފިޒުންނަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެޑަލް އާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައިފި އެވެ.

Ads by Hajj Corporation

"ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ގެ ނަމުގައި މި ބޭފުޅުންނަށް މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.

ހާފިޒުންގެ މެޑަލް ލިބުނު 28 ހާފިޒުން:

1. އަލްހާފިޒާ ފާތިމަތުދީދީ، ޝެވިލް، ސ. ހިތަދޫ
2. އަލްހާފިޒާ ޖަމީލާ އަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް
3. އަލްހާފިޒާ ފާތިމަތު އިޝާ، ނިޒާމް، ށ. މިލަންދޫ
4. އަލްހާފިޒާ ހަކީމަތު މުހައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް
5. އަލްހާފިޒާ އާމިނަތު ލަތީފާ، ތިބްރޯޒްގެ، ސ. ހިތަދޫ
6. އަލްހާފިޒް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް
7. އަލްހާފިޒާ ފާތިމަތު އަހްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް
8. އަލްހާފިޒް އަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ
9. އަލްޖާފިޒް އަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ
10. އަލްހާފިޒާ ސައުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި
11. އަލްހާފިޒާ ސަހިއްޔާ އަބްދުލްގަނީ، ކުރިބޯށި، ރ. މީދޫ
12. އަލްހާފިޒާ ޔުމްނާ އަބްދުލްއަޒީޒު، ފެހިގެ، ދ. މީދޫ
13. އަލްހާފިޒް މުހައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު
14. އަލްހާފިޒް ރާހިން ބިން މުހައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ
15. އަލްހާފިޒް އިޒްކާން އަޖީބް ހުސައިން، ގ. ފަރެސް
16. އަލްހާފިޒް މުހައްމަދު ހަނޫން ހުސައިން، ފަރުބަދަ، ސ. ފޭދޫ
17. އަލްހާފިޒް އަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ
18. އަލްހާފިޒާ ފާތިމަތު ނަސީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ
19. އަލްހާފިޒް އަޛީން މުހައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް
20. އަލްހާފިޒް ރަސްލާން އަބްދުއްރައްޒާގް އީސާ، އަންބަރީގެ، ރ. މީދޫ
21. އަލްހާފިޒް ޝަބީނާ އަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ
22. އަލްހާފިޒާ މޫނިސާ އަބްދުއްރަހީމް، ކިނާރާ، ނ. ލަންދޫ
23. އަލްހާފިޒް އާސިރު އާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި
24. އަލްހާފިޒް އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު، މއ. ރަތްއެންދެރި
25. އަލްހާފިޒް އަބްދުﷲ ހަޔާން ހަމީޒް، ގުރަހަ، ޅ. ނައިފަރު
26. އަލްހާފިޒް ރައްޔާން އަހްމަދު މުހައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް
27. އަލްހާފިޒާ އާއިޝަތު ސާއިބަތު މުހައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު
28. އަލްހާފިޒް ބިލާލް ބިން އަހްމަދު، ގ. ހީނާހިޔާ

އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ތަހުނިއްޔާ ވިދާޅުވެފަ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް އެ ސަނަދު އަރުވާނީ ވަކިން ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

ޝަހީމް ވަނީ ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުރިއަށް އޮތް ތަނުގައި ބާއްވާނީ ވަކިން ކުލަގަދަކޮށް ބާއްވާ ގައުމީ ފެންވަރުގެ ހަފުލާއެއް ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

Ads by Allied Insurance