Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފިހާރައެއްގައި ތެރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

ފިހާރައެއްގައި ތެރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

ދިލްބަހާރު މަގުގައި ހުރި ފިހާރައެއް ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:01 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement
Ooredoo — Truecaller (box)

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލު އެނގިފައި ނުވި ނަމަވެސް ފުލުހުން ބުނީ އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީހަކު ހައްޔަރު ނުކުރި ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް