ޚަބަރު އިޖުތިމާޢީ

6500އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މިދިޔަ މަހުގެ 12 އިން 30 އަށް ހުޅުމާލޭގައި މަގުމަތީގައި ދުއްވާ 6،693 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by MWSC

ފުލުހުން އެހެން ބުނީ އެ އިދާރާއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ތެރެއިން ހުޅުމާލެގައި ކުރި މަސައްކަތުގެ ތަފާސް ހިސާބުގަ އެވެ.

ފުލުހުން ބުނީ 6،693 އުޅަނދެއް ހުއްޓުވާފައިވާއިރު އެއީ 5،427 ސައިކަލާއި 1266 ކާރު ކަމަށެވެ.

ތަފާސް ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި ފިޔަވަޅު އެޅި 482 އުޅަނދު ހިމެނޭއިރު، ލައިސެންސް ނެތި ދުއްވި 112 އުޅަނދެއް ހިފަހައްޓާފައިވެ އެވެ. އަދި 20 އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ނަސޭހަތްދިން 515 މީހުން ދުއްވި އުޅަނދު ހިމެނެ އެވެ. އަދި ނުރައްކާތެރިކޮށް ދުއްވި 43 އުޅަނދު ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މާލޭގެ މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ޕޮލިސް ކޮމާންޑުން ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސްގެ ނިންމެވުންތައް އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުން ވަނީ އެކްސިޑެންޓްތައް އިތުރުވާތީ, ރައްޔިތު މީހާ މަގުމައްޗަށް ނިކުންނަތާ 5 މިނިޓް ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ޕޮލިސީއެއް ކަނޑައަޅާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!