ޚަބަރު އިޖުތިމާޢީ ސަރުކާރު

މަތީ ތައުލީމު ހާސިލްކުރަން 345 ސްކޮލަޝިޕް ފުރުސަތު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެމްއެންޔޫ ދަރިވަރުންތަކެއްގެ ދަސްވެނިވުން - ފޮޓޯ: އެމްއެންޔޫ

މަތީ ތައުލީމު ހާސިލްކުރުމަށް މިއަހަރުގެ މިހާތަނަށް 345 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ސަރުކާރުން ހިންގާ "ސަރުކާރު" ވެބްސައިޓްގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ޝާއިއުކުރި ހަބަރެއްގައި ބުނީ 53 ސްކޮލާޝިޕް ސްކީމެއް އިއުލާން ކޮށްފައިވާއިރު، ޖުމްލަ 345 ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ.

އެ ސްކޮލާޝިޕް ފުރުސަތުތަކުގެ ތެރެއިން މި އަހަރު، ޖުމްލަ 681 ދަރިވަރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަމުންދެ އެވެ.

މި އަހަރުގައި ހުޅުވާލި ސްކޮލާޝިޕްގައި ހިމެނެނީ މަތީ ސާނަވީ އިމްތިހާނުތަކުން 1 ވަނަ ދަރަޖައިގެ ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕް، ހައި އެޗީވާސް ސްކޮލާޝިޕް އަދި އެކައުންޓިން ސްކޮލާޝިޕް އެވެ.

އޭގެ އިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ގައުމުތަކުގެ ހަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނުވުމަށް ސްކޮލާޝިޕްގެ އެތަށް ފުރުސަތުތަކެއް ވެސް ވަނީ ހުޅުވާލާފަ އެވެ.

ފުރަތަމަ ޑިގްރީ، ސްކޮލާޝިޕް ސްކީމް އަދި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމާއި ތަމްރީނަށް ޖުމްލަ 689،663،352ރ ހަރަދުކޮށްފައިވާ ކަމަށް މީގެ ކުރިން ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ވަނީ ބުނެފަ އެވެ.

އަދި އެ އަދަދަކީ މަތީ ތައުލީމު ހާސިލް ކުރަމުންދާ 13،866 ދަރިވަރުންނަށް މަލީ އެހީފޯރުކޮށް ދިނުމުގެ ގޮތުން ކޮށްފައިވާ ހަރަދު ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށް ހަޔާ އެޑިޔުކޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.