Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނުރައްކާތެރިކޮށް ލޯންޗު ދުއްވި 3 މީހެއްގެ ލައިސެންސް ހިފަހައްޓައިފި 

ނުރައްކާތެރިކޮށް ލޯންޗު ދުއްވި 3 މީހެއްގެ ލައިސެންސް ހިފަހައްޓައިފި 
ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލާގައި 3 މީހެއްގެ ލައިސެންސް ހިފަހައްޓައިފި އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ މީހުންގެ ލައިސެންސް ވަގުތީގޮތުން ހިފެހެއްޓީ ހޮނިހިރު ދުވަހެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅޭ ލިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ފުރަތަމަ އައިސްފައިވަނީ ސޯޝަލް މީޑިއާގައި ފެންމަތިވި ވީޑިއޯއަކުންނެވެ. ފުލުހުން ބުނީ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ގައި އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯގައި ނަސްރު ސްޕީޑް އަދި ރިލެކްސް ގޯލްޑް ނަމަކަށް ކިޔާ ލޯންޗެއް ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި ނެރު ކައިރިން ވަންނަތަން ފެނެ އެވެ. އަދި ފަހަތުން ރަމްޒު ސްޕީޑްގެ ލޯންޗެއް ނެރަށް ވަދެގެން އަންނަ މަންޒަރު ފެނެ އެވެ. އެ ލޯންޗުތައް ކަނޑުމަތީގައި ވާދައަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. "ދެން" އަށް އެނގިފައިވާ ގޮތުގައި ހިފަހައްޓާފައިވަނީ އެ ތިން ލޯންޗުގެ ތިން ކައްޕިންގެ ލައިސަންސެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ލިޔުނު މީހަކު ބުނެފައިވަނީ ފުރާނަތަކެއް ގެއްލުމުގެ ކުރިން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް