ޚަބަރު އިޖުތިމާޢީ

12 އަހަރަށް ފަހު އެޑިޔުުކޭޝަންގެ އާ ވެބްސައިޓެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެޑިޔުކޭޝަންއިން ހަދާފައިވާ އާ ވެބްސައިޓް

12 އަހަރަށް ފަހުން، ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ މައުލޫމާތު ހިމެނޭހެން އެޑިޔުކޭޝަން އިން އާ ވެބްސައިޓެއް ހަދައިފި އެވެ.

Ads by STELCO

އެޑިޔުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު "ފޭސްބުކް" ގައި ޕޯސްޓެއްގައި ވިދާޅުވީ މި ވެބްސައިޓްގައި މިނިސްޓްރީގެ ތާރީހުގެ އެކި ފަތް ފުއްތަކުގެ މައުލޫމާތު ހިމެނޭ ކަމަށެވެ. އަދި ހުރިހާ ސްކޫލުތަކުގެ މައުލޫމާތު އެނގޭނެ ގޮތައް ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ހިމެނޭނެ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.

"ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތައްވެސް ހިމެނޭނެ. މީގެ އިތުރުން މިނިސްޓްރީގެ މުހިންމު ހަބަރާއި މައުލޫމާތު ލިބެން ހުންނާނެ"

އެ ވެބްސައިޓުން، ރާއްޖޭގައި މިދިޔަ 100 އަހަރު އެޅި ސްކޫލުތަކުގެ މައުލޫމާތު ލިބޭ އިރު ކޮންމެ އަތޮޅެއްގައި ހުރީ ކިޔަވައިދޭ ކިތައް ސްކޫލުކަން ވެސް ބަލާލެވެއެވެ.

މީގެ އިތުރުން މި ވެބްސައިޓުން ތައުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމާއި، ރިސާޗް ރިކުއެސްޓު ފޯމްވެސް ހިމެނެއެވެ.

މި ވެބްސައިޓްގެ ޑިޕާޓްމަންޓުންގެ ގޮތުގައި ހިމެނެނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސާއި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި، ކޮލިޓީ އެޝެއަރަންސް ޑިޕާޓްމަންޓް އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!