Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭޕްގެ ދައުވާ އުފުލާފައިވާ މީހަކު ކޯޓަށް ހާޒިރުނުވެގެން 5 ވަނަ ފަހަރަށް އިއުލާނުކޮށްފި 

ރޭޕްގެ ދައުވާ އުފުލާފައިވާ މީހަކު ކޯޓަށް ހާޒިރުނުވެގެން 5 ވަނަ ފަހަރަށް އިއުލާނުކޮށްފި 

ރޭޕްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހަކު ކޯޓަށް ހާޒިރުނުވެގެން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

އެގޮތުން ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ގދ. ވާދޫ, ސަބާހީމަންޒިލް، އުމުރުން 25 އަހަރުގެ އިޒާމް ޒާހިރެވެ.

މިއަދު ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރުގައި ބުނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިޒާމް ކޯޓަށް ހާޒިރުވެފައި ނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އިޒާމް ޒާހިރުއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކުވާނަމަ ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅާ ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.

އިޒާމް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދަން މީގެ ކުރިން 4 ފަހަރު އިއުލާނުކުރި އެވެ.

އިޒާމްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ ތާވަލަށް ބަލާއިރު 2019 ވަނަ އަހަރު އިޒާމްގެ މައްޗަށް ރޭޕްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

އެންމެ ފުރަތަމަ އިޒާމް ހޯދަން ފުލުހުން އިއުލާނުކުރީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހެވެ. އެއަށްފަހު އޮގަސްޓް 24, ސެޕްޓެމްބަރު 10 އަދި އެ މަހުގެ 26 ވަނަ ދުވަހުވެސް އޭނާ ހޯދަން ފުލުހުން އިއުލާނުކުރި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް