Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެޕާޓްމަންޓަކުން ފެނުނު އެކި ބާވަތުގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 

އެޕާޓްމަންޓަކުން ފެނުނު އެކި ބާވަތުގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 

އެޕާޓްމަންޓަކުން ފެނުނު އެކި ބާވަތުގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ, ގަލަދުންގެ, އުމުރުން 39 އަހަރުގެ މުހައްމަދު ނާހިދެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ބަންދުގެ ކޯޓު އަމުރުގައި ބުނެފައިވަނީ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނި އޭނާއާ ގުޅުންހުރި އެޕާޓްމަންޓަކުންކަން ފުލުހުންގެ ބަޔާނުން އެނގޭ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި އަމުރުގައި ބަޔާންކޮށްފައިވަނީ އޭނާއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ކުށްތަކުގައި ބަންދުކޮށްފައިވާ ފަރާތަކަށްވާތީ އެވެ. އޭގެ އިތުރުން އެފަދަ އެކި ކުށްތަކުން ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ކަމަށް ބެލެވޭ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ އެ ކުށްތައް ތަކުރާރުވުމުގެ އިހްތިމާލު އޮތުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ މީހާގެ ހާލަތަށް ބަލާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި ބަންދުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިފައިވާކަން އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް