ޚަބަރު އިޖުތިމާޢީ

ހުޅުމާލެ ސްޕާއަކުން ހަށިވިއްކާ 7 މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ސްޕާއިން ހައްޔަރުކުރި 7 މީހުން/ ފޮޓޯ: ފުލުހުން

ހުޅުމާލެ ސްޕާއެއް ރެއިޑްކޮށް ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކުރި ހަބަރެއްގައި ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހަށި ވިއްކާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ކޯޓު އަމުރުގެ ދަށުން އެތަން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން:

  • ޕަވީނާ ބުންނަކް/ ތައިލޭންޑް (36އ)
  • ވިލައިލަކް ތުންމުއަންގްޑޮން/ ތައިލޭންޑް (32އ)
  • ތިދަރަޗު ޗުންކޮންގް/ ތައިލޭންޑް (29އ)
  • މުހައްމަދު ޝަފީއު، ހުވަދުމާގެ/ އދ. މަހިބަދޫ (49އ)
  • ޝިއުނާ ހުސައިން، ޒާމިޔާ/ ށ.ފުނަދޫ (36އ)
  • ފާތިމަތު ސިއުނާ، ނޫބަހާރުގެ/ ށ.ފުނަދޫ (42އ)
  • އާއިޝަތު އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 6810/ މާލެ (55އ)

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 7 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް، ދިވެހި ތިން އަންހެނުން 7 ދުވަހަށް އަދި ދިވެހި ފިރިހެން މީހާ 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by HDC
  1. ބުރާންތި

    ނ އަތޮޅުގަ ފުނަދޫ ކިޔާ މީހުން އުޅޭ ރަށެއް ނޯވެ.