ޚަބަރު އިޖުތިމާޢީ

އުދަ އަރާނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާލެ އަށް އުދައަރާފަ/ ފޮޓޯ: ދެން

އުދަ އަރާނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް ނެރެފި އެވެ.

Ads by Sosun Fihaara

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދެކުނަށް ވައިޓް އެލާޓް ނެރިފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މިއަދު މެންދުރު 14:30 އަށެވެ.

މެޓުން "ދެން" އަށް މައުލޫމާތު ދެމުން ބުނީ މި ސަރަހައްދުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

"މެދުރާއްޖެތެރޭ އާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ"

މީގެ އިތުރުން މެޓުން ބުނީ ރާޅުގެ އުސްމިން 3-6 ފޫޓު ހުންނާނެ ކަމަށެވެ. އަދި މި ސަރަހައްދުތަކަށް ދިޔަވަރުގައި 3.3 ފޫޓު ހުންނާނެކަމަށްވެސް މެޓުން ބުންޏެވެ.

އިއްޔެގައި ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު އެންމެ ބޮޑަށް އުދައަރާފައިވަނީ ގއ. ނަޑެއްލާ އަށެވެ. މި ރަށުގެ ގެތަކާއި ހަމައަށް ލޮނުގަނޑު ގޮސްފާއިވާކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!