ޚަބަރު

ފްރޯޑް މައްސަލައެއްގައި ސަސްޕެންޑްކުރި އީވް ކްލިނިކުން އަލުން އާސަންދަ ދޭން ފަށައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ފްރޯޑް މައްސަލައެއްގައި ސަސްޕެންޑްކުރި އީވް ކްލިނިކުން އަލުން އާސަންދަ ހިދުމަތްދޭން ފަށައިފި އެވެ.

Ads by STELCO

ފަރީދީމަގުގައި ހުންނަ އީވްގެ މައި ކްލިނިކް އާސަންދައިން ސަސްޕެންޑްކުރީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

އީވްގެ އެހެން ކްލިނިކެއް ވެސްޓް ޕާކު ސަރަހައްދުގައި ހުންނައިރު އެތަނަށް އާސަންދަ ހިދުމަތް ދޫކޮށްފައެއް ނުވެ އެވެ.

"ދެން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އީވް ކްލިނިކަށް އާސަންދަ ހުއްޓާލީ ވެސްޓު ޕާކުން ހިދުމަތް ހޯދާ މީހުންނަށް މައި ކްލިނިކަށް ބިލުކުރާ މައްސަލާގަ އެވެ.

ފަރީދީ މަގުގައި ހުންނަ އީވް ކްލިނިކުން އާސަންދައިގެ އަލުން ހިދުމަތްދޭން ފަށާފައިވާއިރު ވެސްޓް ޕާކްގައި ހުރި ކްލިނިކުން އާސަންދަ ހިދުމަތް އަދިވެސް ދޭން ފަށާފައެއް ނުވެ އެވެ.

މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ކްލިނިކްތައް އާސަންދައިން ސަސްޕެންޑްކޮށްފައިވެ އެވެ. އޭގެ އިތުރުން ހިދުމަތް ފަރުވާއަށް އާސަންދައަށް ބިލްކޮށް ފައިސާ ނަގާ މައްސަލަތައްވެސް ހިމެނެ އެވެ.

އެ މައްސަލަ ފެންމަތިވެފައިވާއިރު ރާއްޖޭގެ ކްލިނިތަކުން ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ސްކޭމެއް ހިންގާ ކަމަށް ރައްޔިތުންގެ މަޖިިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީގައި ވެސް ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެފަދަ މައްސަލަތަކުގައި އީވް ކްލިނިކް ހިމެނެ އެވެ.

Ads by Ooredoo