Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 17 ފުލުހަކު ވަކިކުރި: ސީޕީ

މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 17 ފުލުހަކު ވަކިކުރި: ސީޕީ

މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 17 ފުލުހަކު ވަޒީފާއިން ވަކިކުރި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސީޕީ ވިދާޅުވީ އާންމުގޮތެއްގައި ފުލުހުންނާ ބެހޭ ގޮތުން ހުށަހެޅޭ ތަފާތު މައްސަލަތައް ހުށަހެޅުނު ނަމަވެސް އިތުރު މައުލޫމާތު ހާމަވެގެން ނުދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ސީޕީ ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފުލުހުންގެ އެކިއެކި ކަންތައްތަކުގައި ހުށަހެޅިފައިހުރި މައްސަލަތަކާ ގުޅިގެން ތަހުގީގުކުރެވި 48 ފުލުހަކަށްފިޔަވަޅު އެޅިފައިވާ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ 360 އަށް ވުރެ ގިނަ ފުލުސް އޮފިސަރުން މިހާރުވެސް އައްޑޫގެ އިތުރުން ދ. ވާނީގަައި ތަމްރީން ހަދަމުންދާ ކަމަށެވެ. 500 އަށްވުރެ ރެކްރޫޓުން މިހާރުވެސް އެ ހިދުމަތުގައި ތިބިކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން އެ އަދަދު ކްލިއާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް